Ad

ތައި އެއާވޭސް އިންޓަނޭޝަނަލުގެ 34 މަތިންދާ ބޯޓު ވިއްކާލަން އިއުލާންކޮށްފި

ޚާއްސަ ރިޓަޔަމަންޓް ސްކީމެއްގެ ދަށުން އެ ކުންފުނީގެ 5000 މުވައްޒަފުން މަދުކުރާ ގޮތަށް ވެސް ވަނީ ނިންމާފަ

ބެންކްރަޕްސީއާ ކުރިމަތިވެފައިވާ ތައި އެއާވޭސް އިންޓަނޭޝަނަލްގެ 34 މަތިންދާ ބޯޓު ވިއްކާލަން އިއުލާންކޮށްފިއެވެ.

ބެންކޮކް ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ބޯޓުތައް ނޮވެމްބަރު 13ގެ ކުރިން ގަންނާނެ ބަޔަކު ވޭތޯ އެކުންފުނިން ގެންދަނީ މަސައްކަތްކުރަމުންނެވެ.

ތައި އެއާވޭސް އިންޓަނޭޝަނަލްގެ ވެބްސައިޓުގައިވާ ގޮތުގައި އެކުންފުނިން ވިއްކާލަން އިއުލާންކޮށްފައިވަނީ 1993-2003 ވަނަ އަހަރާ ދެމެދު އުފައްދާފައިވާ ބޮއިން އެސް 400-747 ގެ 10 ބޯޓާއި އެސް 200-777 ގެ 6 ބޯޓާއި އެސް 300-777ގެ 6 ބޯޓާއި އެސް 600-340އޭ ގެ 6 އެއާބަސް މަތިންދާބޯޓާއި އެސް 500-340އޭ ގެ 3 ބޯޓާއި ބޮއިން އެސް 400-737 ގެ 2 ބޯޓާއި 1993 ވަނަ އަހަރު އުފައްދާފައިވާ 600-300އޭ ގެ އެއާބަސްއެކެވެ.

އެއާލައިނުން ބުނެފައިވަނީ ބޯޓުތައް ގަންނަ ފަރާތަކަށް އަންނަ އަހަރުގެ މެދުތެރޭގައި ބޯޓުތައް ހަވާލުކުރެވޭނެ ކަމަށެވެ.

މިހާރުވެސް 332 ބިލިއަން ތައި ބާތުގެ ދަރަންޏެއް އޮތުމުގެ އިތުރުން، ކޮރޯނާ ވައިރަހުގެ ސަބަބުން ކުންފުންޏަށް އިތުރަށް ގެއްލުންވަމުންދާތީ، ތައިލެންޑުގެ ބެންކުރަޕްސީ ކޯޓުން ބިޒްނަސް ރީހެބިލިޓޭޝަން ޕްލޭނަކަށް ހުއްދަ ދީފައިވާ ތައި އެއާވޭސް އިންޓަނޭޝަނަލުގެ ބައެއް ޕެސެންޖަ ބޯޓު ވިއްކާލާ ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް، ތަޖުރިބާކާރުން ބޮޑަށް ބުރަވަނީ އެއީ އެއާލައިނުގެ ބޯޓުތައް އާކޮށްލުމުގެ އަމަލެއް ކަމަށެވެ.

ޚާއްސަ ރިޓަޔަމަންޓް ސްކީމެއްގެ ދަށުން އެ ކުންފުނީގެ 5000 މުވައްޒަފުން މަދުކުރާ ގޮތަށް ވެސް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *