Advertisement
BML Home 2nd Ad

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް ބަދަލުގެންނަނީ

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް ބަދަލު ގެނައުމުގެ މަޝްވަރާ ބައްދަލުވުންތައް އިޖުތިމާއި އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަށައިފިއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ޖިންސީ ފުރައްސާރަކުރުމާ ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު އިސްލާހްކުރުމުގެ މި ވެލިޑޭޝަން ބައްދަލުވުމަކީ ތަޖުރިބާކާރުންނާއި މަސްއޫލުވެރި އިދާރާތަކުގެ ހިޔާލުތަކަށް ބިނާކޮށް، ހުށަހެޅިފައިވާ އިސްލާހްތައް ވެލިޑޭޓްކޮށް އިތުރަށް ފުރިހަމަކުރަންޖެހޭ ދާއިރާތަކާއި ކަންކަން ފާހަގަ ކުރުމެވެ.

މި ގާނޫނަށް ބަދަލު ގެނައުމުގެ މަޝްވަރާ ބައްދަލުވުންތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިޖުތިމާއި އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިޝަތު ޒުހުރުބާން ވިދާޅުވީ، މި ގާނޫނަށް ބަދަލުތައް ގެންނައިރު އެންމެބޮޑު އިސްކަމެއްދޭނީ ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށް ގާނޫނު ހަރުދަނާކުރުމަށް ކަމަށެވެ. އަދި އެމަސައްކަތުގައި އަލިފް ލޯ ޗެންބަރސްއިން މުހިންމު ދައުރެއް އަދާކުރާނެކަމަށް ވެސް ޒުހުރުބާން ވިދާޅުވިއެވެ.

ޒުހުރުބާން ވިދާޅުވީ، މި ގާނޫނޫގެ އެންމެ ބޮޑު ބޭނުމަކީ ގާނޫނުގެ ދަށުން ތައުލީމު ދޭ މަރުކަޒުތަކާއި މަސައްކަތްކުރާ އިދާރާތަކުގެ މުވައްޒަފުންނަށް އެ މަސައްކަތް ކުރާ މާހައުލަކީ އަމާން ރައްކާތެރި ތަނަކަށް ހެދުންކަމަށެވެ.

"މީގެ އެންމެ ބޮޑު ބޭނުމަކީ މި ޤާނޫނުގެ ދަށުން ތައުލީމުދޭ މަރުކަޒުތަކާއި މަސައްކަތްކުރާ އިދާރާތަކާއި އިޖްތިމާއި ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެތަންތަނަކީ އަމާން ރައްކާތެރި ތަނަކަށް ވެގެންދިޔުން. އުންމީދުކުރަނީ އެންމެ ގުޅިގެން ފެށި މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވި މުވައްޒަފުން މަސައްކަތްކުރާ މާހައުލަކީ ރައްކާތެރި ތަކަކަށް ވެގެންދިޔުން" ޒުހުރުބާން ވިދާޅުވިއެވެ.

މި ގާނޫނުގައި ވަޒީފާދޭ ފަރާތުން ނުވަތަ ވަޒީފާ އަދާކުރާ ތަނުގައި މަސައްކަތްކުރާ އެހެން ފަރާތަކުން ނަމަވެސް، އެފަރާތެއްގެ ދަށުން ނުވަތަ އެފަރާތާ އެކުގައި މަސައްކަތްކުރާ އެހެން ފަރާތަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގުމަކީ މަނާކަމެކެވެ.

ފިޔަވަޅެއްގެ ގޮތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތަކުގެ މައްސަލަތައް ބެލުމަށްފަހު އެ އަމަލުތަކުގެ ކުޑަބޮޑު މިނަށް ބަލައި އެ މައްސަލައެއް ރައްދުވާ ފަރާތުން ކޮށްފައިވާ އަމަލަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމެއް ކަމަށް ނިންމައި، އެފަދަ އަމަލުތައް ކުރުން ވަގުތުން ހުއްޓާލުމަށާއި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ލިޔުމުން އެންގަން ޖެހޭނެއެވެ. އަދި މައްސަލަ ރައްދުވާ ފަރާތުން ހިންގާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުގެ ސަބަބުން ޝަކުވާ ހުށަހެޅި ފަރާތުގެ އެއްވެސް ހައްގެއް ނިގުޅައިގަނެވިފައިވާނަމަ އެ ހައްގެއް އަނބުރާ ހޯދައިދިނުމަށް އަމުރުކޮށް ލިޔުމުން އެކަން އެންގުން ހިމެނެއެވެ.

މީގެ އިތުރުން މައްސަލަ ރައްދުވާ ފަރާތުން ހިންގާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުން މި ގާނޫނުގައި ވަނީ ބަޔާންކޮށްފައެެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add