މަސްވެރިންނަށް ލިބެންޖެހޭ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ ރައީސްގެ މުހިންމު ސިޔާސަތެއް: ޝިޔާމް

ރާއްޖޭގެ މަސްވެރިކަން ތަރައްގީކޮށް މަސްވެރިންނަށް ލިބެންޖެހޭ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ، ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ގާއިމްކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށާއި ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލްއެލްއެފް) އިން ހިންގާ މަޝްރޫއުގެ ކާމިޔާބީތައް ބަލާ ދިރާސާ ކުރުމަށް ހައި ލެވެލް ޑޯނަރ މިޝަންގެ ވަފުދު މިއަދު ހެނދުނު ތ.ހިރިލަންދޫއަށް ކުރި ޒިޔާރަތުގައި އެރަށުގެ މަސްވެރިންނާ ބައްދަލުކުރައްވައެވެ.

ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރިކަން ތަރައްގީކޮށް މަސްވެރިންނަށް ލިބެންޖެހޭ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މި ސިޔާސަތު ތަންފީޒުރުމަށްޓަކައި އައި.އެސް.ޑީ.ބީ އަދި އެލް.އެލް،އެފް އާއި ގުޅިގެން ހިންގާ މަޝްރޫއު މެދުވެރިކޮށް މިހާރު ވަނީ އޮޑި ދޯނި ފަހަރުގައި މަސް ފިނިކޮށް ރައްކާކުރުމަށް ބޭނުންވާ އާރް.އެސް.ޑަބްލިއު ސިސްޓަމް އަދި ޖަނަރޭޓަރ ސެޓް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ދިވެހި މަސްވެރީންނާއި އޮޑިވެރީންނަށް ލިބުނު ކުރިއެރުމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިންނަށް އައިސް، ލިބުމަށްހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އައިސް ޕްލާންޓް އިތުރުކޮށް، އޮޑި ދޯނިފަހަރުގައި ލޮނުފެނުން، މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް މަގުފަހި، ކޮށްދެއްވުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް ހާއްސަ އަހައްމިއްޔަތުކަން ދެއްވާކަމެއް ކަމަށް ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، މި ޕްރޮޖެކްޓަކީ މި ސިޔާސަތުގެ ދަށުން، އައިއެސްީބީ އަދި އެލް.އެލް އެފް އާއި ގުޅިގެން، ސަރުކާރުން ހިންގާ 13.6 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށާ މި، ޕްރޮޖެކްޓުގެ ދަށުން، ސިސްޓަމް ހަރުކޮށްފައިވާ އަދި ހަރުކުރަމުންދާ ގިނަ ދޯނި ފަހަރަށް، ލުއި ފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ޒަމާނާ އެއްގޮތަށް މަސްވެރިކަން ތަރައްގީވަމުން އައުމަކީ ކާމިޔާބީއެއް ކަމަށާ ކާމިޔާބީގެ ފަހަތުގައި ވަނީ މި މަޝްރޫއުގެ ދަށުން އާރް.އެސް.ޑަބްލިއު ސިސްޓަމް އަދި ޖެނެރޭޓަރ ސެޓް ގެނެސް، ދިވެހި މަސްވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް މަސްވެރިން ކުރަމުން ގެންދާ ބުރަ މަސައްކަތެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *