Ad
މަސްވެރިން މަސް ބާނަނީ
މަސްވެރިން މަސް ބާނަނީ

ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާއަށް އެތެރެކުރުން މަނާކުރިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވޭ: ފޮރިން މިނިސްޓްރީ

ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާކަމަށް މީޑިއާތަކުގައި ފެތުރިފައިވާ ޚަބަރުތަކާ ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރާ މިހާތަނަށް ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ފޮރިން މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއްނެތި ސްރީލަންކާއަށް އެތެރެކުރެވޭނެކަމުގެ ޔަޤީންކަން މިދިޔަ މަހުގެ 27 ވަނަ ދުވަހު އެޤައުމުގެ ސަރުކާރުން ދިވެހި ސަރުކާރަށް ދީފައިވާ ކަމަށެވެ.

ސްރީލަންކާއިން ވަނީ ރާއްޖެއިން އެޤައުމަށް ބޭރުކުރާ ކަނޑުމަހުން ނަގާ ޓެކްސް ރޭޓް ބޮޑުކޮށްފައެވެ. މިގޮތުން މިދިޔަ މަހުގެ 27 އިން ފެށިގެން އެޤައުމުގައި އަމަލުކުރަމުންދާ އާ ޓެކްސް ރޭޓްގެ ދަށުން މަސް ކިލޯއަކުން 200 ރުޕީސް ނުވަތަ 16.70 ރުފިޔާ ނަގާ ގޮތަށް ވަނީ ނިންމާފައެވެ. އަދި ރާއްޖެއިން އެޤައުމަށް އެތެރެކުރާ ލޮނުމަސް ކިލޯއަކުން 127 ރުޕީސް ނުވަތަ 10.60 ރުފިޔާ ބޮޑުކޮށްފައިވާއިރު، ހިކި މަސް ކިލޯއަކުން ނަގާ ޓެކްސް ރޭޓްވެސްވަނީ ބޮޑުކޮށްފައެވެ. މިގޮތުން ހިކިމަސް ކިލޯއަކުން ނަގާ ޓެސްކް ރޭޓްގެ އަދަދު މިހާރުވަނީ، 302 ރުޕީސް ނުވަތަ 25.21 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *