Ad
ކޮވިޑުގެ ބަލި މީހަކު އެމްބިއުލެންސަށް އަރުވަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހަކު އެމްބިއުލެންސަށް އަރުވަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ

ކޮވިޑް-19: މިއަދު 39 މީހުން ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ އަދަދު 12 ހާހާއި ގާތްކޮށްފި

މިއަދު 20 ދިވެހިންނާއި، 19 ބިދޭސީން ޕޮޒިޓިވްވި

ރާއްޖެއިން މިއަދު ކޮވިޑް 19 ވައިރަސްއަށް 39 ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 12 ހާހާއި ގާތްކޮށްފިއެވެ.

އެޗް.ޕީ.އޭއިން ބުނީ، މިއަދު 20 ދިވެހިންނާއި، 19 ބިދޭސީން ޕޮޒިޓިވްވި ކަމަށެވެ. އަދި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 32 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވީ 7 މީހުން ކަމަށެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންނާއިއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 11،932 އަށް އަރާފައެވެ.

އަދި މިމީހުންގެ ތެރެއިން މިހާރު ބައްޔަށް ފަރުވާކުރަނީ 845 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާކުރަނީ، 54 މީހުންނެވެ.

މިއަދުވެސް ރާއްޖެއިން މިބަލި ދިވެއްސަކު މަރުވެފައިވާއިރު، މިހާތަނަށް މިބަލީގައި 39 މީހުންވަނީ މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *