Ad
ކޮވިޑުގެ ބަލި މީހަކަށް ފަރުވާކުރަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހަކަށް ފަރުވާކުރަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ

މިއަދު ނެގި 1،281 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 30 މީހުން!

ރާއްޖެއިން މިއަދު ނެގި 1،281 ސާމްޕަލްގެ ތެރެއިން ކޮވިޑް 19 ވައިރަސްއަށް ޕޮޒިޓިވްވީ 30 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗް.ޕީ.އޭއިން ބުނީ، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 15 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވީ 15 މީހުން ކަމަށެވެ.

އަދި މީގެތެރޭގައި ހިމެނެނީ، 15 ދިވެހިންނާއި، 15 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއިއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 11،962 އަށް އަރާފައެވެ. މިމީހުންގެ ތެރެއިން ބަލިން ރަގަޅުވި މީހުންގެ އަދަދުވަނީ، 11،066 އަށް އަރާފައެވެ.

އަދި މިހާރު ބައްޔަށް ފަރުވާކުރަނީ 850 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާކުރަނީ، 50 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް މިބަލީގައި 39 މީހުންވަނީ މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *