Ad

މަރުހަބާ ޕްރެޑިޑެންޓް އިލެކްޓް ޖޯ ބައިޑަން!

290 އަށްވުރެ ގިނަ އިލެކްޓޯރަލް ވޯޓު ކަށަވަރުކުރައްވައިގެން ބައިޑަން އިންތިހާބު ކާމިޔާބު ކުރައްވައި ތާރީޚުގެ ތެރެއަށް

އެމެރިކާގެ ޑިމޮކްރަސީގެ ދިގު ހަޔާތުގައި މިހާތަނަށް ބޭއްވުނު އެންމެ ވާދަވެރި އަދި އެންމެ ބައިބައިވުން ބޮޑު ރިޔާސީ އިންތިހާބު ޖޯ ބައިޑަން ކާމިޔާބު ކުރައްވައިފިއެވެ.

މިހާތަނަށް ރިޔާސީ އިންތިހާބެއްގައި އެއް ކެންޑިޑޭޓަކަށް އެންމެ ގިނަ ވޯޓު ހޯދުމުގެ ޝަރަފުވެސް ލިބިވަޑައިގެންފައިވާ ބައިޑަން އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވިކަން ކަށަވަރުވީ 290 އަށްވުރެ ގިނަ އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވުމުން ނެވެ. އެއީ 170 މިލިއަނަށްވުރެ ގިނަ ވޯޓެވެ.

ޕޮލިޓިކަލް އެނަލިސްޓުން ބުނާ ގޮތުގައި އެމެރިކާގެ މިހާރުގެ ހާލަތު ބަދަލުކުރަން އެންމެ އެކަށީގެންވާ ހިކުމަތްތެރިއަކީ ބައިޑަންއެވެ. އެއީ ހުރިހާ ފަންތިއެއްގެ ހުރިހާ އުމުރެއްގެ އަދި ހުރިހާ ނަސްލެއްގެ މީހުންގެ ވެސް ރައީސެއްކަމަށް ބައިޑަން ވާނެތީ ކަމަށް ވެސް އެމީހުން ދެކެއެވެ.

ބައިޑަން ވިދާޅުވެފައިވަނީ އޭނާ ކެމްޕޭންކުރީ ނޫކުލައިގެ ދިދައިގެ ދަށުގައި ކަމަށްވިއަސް ރައީސްކަމުގައި ހުންނަވާނީ އެމެރިކާގެ ދިދައިގެ ދަށުގައި ކަމަށާއި ތަމްސީލުކުރައްވާނީ ސީދާ އެމެރިކާގެ ރައްޔިތުން ކަމަށެވެ.

އޭނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެމެރިކާ އޮތީ ވޭނުގައި ކަމަށާއި ވޯކިން ކްލާސް ރައްޔިތުންގެ ހާލަތު މިހާރުގެ ސަރުކާރުން ނުބަލާ ކަމަށާއި ކިޔަވާކުދިންނަށް އެކުދިންގެ ހައްގުތައް ހޯދައި ނުދެވޭ ކަމަށާއި ތިމާވެށީގެ ސިޔާސަތުގެ ދޯހަޅިކަމުން ދަނޑުވެރިންގެ ކަންބޮޑުވުން ބޮޑުކަމަށާއި ވައިޓް ހައުސްގެ ސިޔާސަތުތަކުގައި ތަފާތުކުރުންތައް ބޮޑުކަމުން އެމެރިކާ ބައިބައިވެ ރުޅިވެރިކަން ފެތުރިއްޖެ ކަމަށެވެ.

"އެހުރިހާ ކަމެއް އަހަރެން ބަދަލުކުރާނަން. އެމެރިކާ އެކަތިގަނޑަކަށް ހަދާނަން. އެންމެންގެ ހައްގުތަކަށް ވެސް އިހްތިރާމްކުރާނަން،" ބައިޑަން ވިދާޅުވެފައިވެއެވެ.

ބައިޑަން ވިދާޅުވީ އޭނާގެ އެންމެ އިސް މަސައްކަތްކަށްވާނީ ގައުމުގެ އެކެވެރިކަން އާލާކޮށް ގައުމު އަލުން އާރާސްތުކުރުން ކަމަށެވެ. އަދި ދުނިޔެއާ ގޯސްވެފައިވާ ގުޅުންތައް އަލުން ރަނގަޅު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޑޮނަލްޑް ޓްރަފްޓް ހުންނެވީ ކޯފާވެފައެވެ. ވިދާޅުވަމުން ގެންދަވަނީ މުޅި އިންތިހާބާ އޮތީ އޮޅުވާލާފައި ކަމަށާއި އިންތިހާބުގެ ނަތީޖާ ވަގަށް ނަގައިފި ކަމަށެވެ. އަދި އެހާ ފަސޭހައިން ދޫކުރެވެން ނެތް ކަމަށާއި ގާނޫނީ ފިޔަވަޅު އަޅައިގެން އެމެރިކާ ރައްޔިތުންގެ ހައްގުތައް ހޯދައިދޭނެ ކަމަށެވެ. އަދި ސައްހަ ވޯޓުން އިންތިހާބު ކާމިޔާބު ކުރެއްވީ އޭނާ ކަމަށް އަމިއްލަފުޅަށް ވިދާޅުވުމުން، އިދާރާތަކުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އަދި އިންތިހާބުގައި އޮޅުވާލުންތަކެއް ނެތް ކަމަށާއި އަދި ސައްހަނޫން ވޯޓުގެ ވާހަކަ ދައްކަވަނީ އެކަށީގެންވާ ހެއްކާއި ގަރީނާ ނެތިކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ.

ޓްރްޕްގެ ގޮތް ދޫނުކުރެއްވުމުގެ ބަސްތަކުގެ ސަބަބުން އެމެރިކާގައި އިންތިހާބަށް ފަހު، ވަރުގަދަ ހަމަނުޖެހުންތަކެއް ހިނގުމުގެ ފުރުސަތު ބޮޑުކަމުން ސަލާމަތީ ބާރުތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

މިއީ ކޮޑިވްޑްގެ ނުރައްކަލުގައި އޮތް އެމެރިކާގެ ހަޔާތުގައި ވެސް އެންމެ ގިނަ މީހުން ވޯޓުލީ ފަހަރެވެ. މިދިޔަ އިންތިހާބަށްވުރެ އެތައް މިލިއަން ވޯޓެއް އިތުރުވެފައިވެއެވެ. އަދި އިންތިހާބުގެ ފޯރިވެސް އެހާމެ ގަވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *