Ad

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ރަޝިޔާއިން!

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ރަޝިޔާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން ރަޝިޔާއިން މިހާތަނަށް ވަނީ 9،519 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އިންނެވެ. އެގައުމުން 3817 ފަތުރުވެރިއަކު ވަނީ ރާއްޖެ އައިސްފައެވެ.

ތިންވަނަ އަށް އެންމެ ގިނަ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް އިންނެވެ. އެގައުމުން 3683 ފަތުރުވެރިއަކު ވަނީ ރާއްޖެ އައިސްފައެވެ.

މީގެ އިތުރުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ، އިންޑިއާ، ޖާރމަނީ، ފްރާންސް، ޔުކްރެއިން، ސްޕެއިން އަދި ބްރެޒިލްއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާގޮތުން މި ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހާ ހަމައަށް ރާއްޖެ އައިސްފައިވަނީ 43،609 ފަތުރުވެރިންނެވެ.

ކޮވިޑް-19 މުޅި ދުނިޔޭގައި ފެތުރެމުންދާ ދިޔުމަށް އަދިވެސް މަޑު ޖެހުމެއް ނާންނާތީ ކުރިން ލަފާކުރި ވަރަށް ފަތުރުވެރިން އަންނަމުންނެއް ނުދެއެވެ. އެހެންނަމަވެސް ބޯޑަރު ހުޅުވާލިތަނާ ފަތުރުވެރިން އައި އަދަދަށްވުރެ މިހާރު ފަތުރުވެރިން އަންނަ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި ކުރިޔަށް އޮތީ ފަތުރުވެރި ކަމުގެ ސިނާއަތުގެ ސީޒަން ދުވަސްވަރު ކަމަށްވާތީ، މިހާރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދެގުނަ ވެގެން ދިއުމަކީ ވަރަށް ބޮޑަށް ބެލެވޭ ކަމެއްކަމަށް ކަމާބެހޭ ފަރާތްތަކުން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *