ހަލާލު ޓޫރިޒަމަށް އިތުރު 5 ތަނެއް ދޫކުރަން އިއުލާނުކޮށްފި

ހަލާލު ޓޫރިޒަމް ތަރައްގީކުރުމަށް އިތުރު 5 ތަނެއް ކުއްޔަށް ދޫކުރުމަށް އިއުލާނުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ކުއްޔަށްދޫކުރާ ތަންތަނުގެ ގޮތުގައި އިއުލާނުކޮސްފައިވަނީ ހއ. ބިނާފުއްޓާއި އެ އަތޮޅު ކަނޑާފިނޮޅާއި ހދ. މަކުނުދޫ ފަރު 1 އާއި ރ. ފުރިފަރުގެ އިތުރުން ލ. ފޮނަގާދޫ އެވެ.

އެ މިނިސްޓްރީގެ އިއުލާނުގައި ބެނެފައިވަނީ އެތަންތަން ހަލާލު ޓޫރިޒަމަށް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޕްރީ-ބިޑް މީޓިންތަކެއް އަންނަ މަހުގެ 9 އާއި ޖެނުއަރީ 6 ގައި އޮންލައިންކޮށް ބާއްވާނެ ކަމަށެވެ. އެހެންކަމުން އެތަންތަނުގައި ހަލާލު ޓޫރިޒަމް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފަރާތުގެ މައުލޫމާތު އެމިނިސްޓްރީގެ planning@tourism.gov.mv މެއިލް އަށް ފޮނުވުމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *