Ad

އިލެކްޝަންސް ކޮމިޝަނަށް އިތުބާރެއް ނެތް، ބަދަލުކުރާނަން – އިދިކޮޅު

އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ގެ މެންބަރުން ބަދަލު ކުރަން ޖެހޭ ކަމަށާއި އެ ކަން ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސުޖާއު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް އިތުބާރެއް ނެތް ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައި އޮތް އިރު އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ހުރީ ވެރިކަން ކުރާ އެމްޑީޕީ އަށް ކެމްޕޭންގެ ފުރުސަތު ފަހިކޮށްދީ، އިދިކޮޅަށް ހުރަސްއެޅުން ކަމުގެ ތުހުމަތާ އެކު އިންތިޚާބުގެ ކުރިން ކޮމިޝަން ބަދަލުކުރާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލުކުރާނެ ކަމަށް ސުޖާއު ވިދާޅުވި ނަމަވެސް އެއީ ކިހިނެއް ކަން ސާފުކޮށެއް ނުދެއްވަ އެވެ. މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވަކިކުރެވޭނީ މަޖިލީހުން ނުވަތަ އެ މެމްބަރަކު އިސްތިއުފާ ދެއްވުމުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން އިލެކްޝަންސުން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅެވެ. ރަސްމީކޮށް ކެމްޕޭން ކުރަން ފުރުސަތު ހުޅުވާ ނުލި ނަމަވެސް ޕާޓީތަކަށް މިހާރު ވެސް ކެމްޕޭން ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކައުންސިލް އިންތިޚާބަށް 4،172 އަށް ވުރެން ގިނަ މީހުން ކުރިމަތިލާފައިވާއިރު، މި އިންތިޚާބުގެ ވާދަވެރިކަން އޮތީ އެމްޑީޕީ އާއި ޕީޕީއެމާ ދެމެދުވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *