Ad
ބީ.އެމް.އެލްއިން ކެންސަރ ސޮސައިޓީއަށް ފައިސާ ހަދިޔާކުރުން. ފޮޓޯ:ބީ.އެމް.އެލް
ބީ.އެމް.އެލްއިން ކެންސަރ ސޮސައިޓީއަށް ފައިސާ ހަދިޔާކުރުން. ފޮޓޯ:ބީ.އެމް.އެލް

ބީ.އެމް.އެލްއިން ކެންސަރ ސޮސައިޓީއަށް ދޮޅުލައްކަ ރުފިޔާ ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސްއިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަށް 150،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ، މިއީ އެ ޖަމިއްޔާއިން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ ޕިންކް ރިބަން ރަން- ވޯލްކްއަށް ދިން އެހީއެއް ކަމަށެވެ.

މިއަދު ހެނދުނު މި އެހީ އެޖަމިއްޔާ އާ ހަވާލުކޮށްދެއްވީ، ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރއެވެ. މިއެހީ ހަދިޔާކޮށްދެއްވުމަށްފަހު ޓިމް ވަނީ، ސީއެސްއެމްގެ ބައެއް މެންބަރުންނާއި، އުރަމަތީގެ ކެންސަރުން ފަރުވާ ހޯދައި ރަނގަޅުވެފައިވާ ފަރާތްތަކާއި އަދި މި ބަލިން ފަރުވާ ހޯދަމުންދާ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކެންސަރު ބަލިން ރަނގަޅުވި ފަރާތްތަކުންވަނީ، ކެންސަރާ ހަނގުރާމަކޮށް ކާމިޔާބު ހޯދުމުގައި އެ މީހުން ކުރި ހިތްވަރާއި، ކެރިގެން ބައްޔާ ކުރިމަތިލުމާއި އަދި އުއްމީދާއެކު މަސައްކަތްކުރިކަމުގެ އިބްރަތްތެރި ވާހަކަތައް ހިއްސާކޮށްފައެވެ.

މިއަހަރުގެ ޕިންކް ރިބަން ރަން- ވޯލްކް ހަރަކާތް ބޭއްވީ، ވަރޗުއަލް އިވެންޓެއްގެ ގޮތުގައެވެ. މި ހަރަކާތުގައި ގާތްގަނޑަކަށް 700 މީހުންވަނީ ބައިވެރިވެފައެވެ.

2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލްއިން އަންނަނީ، އެ ބޭންކު އިޖްތިމާއި ޒިންމާގެ ދަށުން ކެންސަރ ސޮސައިޓީއަށް އެހީތެރިވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *