އޭ 320 މަރުކާގެ ބޯޓުތަކުގެ ސޮފްޓްވެއާ މައްސަލައެއް ހައްލުކުރުމަށް އެ މަރުކާގެ ބޯޓްތައް ގްރައުންޑް ކުރަނީ

އެއާބަސް ކުންފުނީގެ އޭ320 މަރުކާގެ މަތިންދާ ބޯޓުތަކުގެ ސޮފްޓްވެއާ އަޕްގްރޭޑްކުރަން އެ މަރުކާގެ ބޯޓްތަކުގެ ދަތުރުތައް މެދުކަނޑާލަން އަންގައިފި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އެ320 މަރުކާގެ 11300 އަށްވުރެ ގިނަ ބޯޓް ބޭނުންކުރަމުންދާއިރު މީގެ ތެރެއިން 6000 އަށްވުރެ ބޯޓްގެ ސޮފްޓްވެއާ އަޕްޑޭޓްކުރަންޖެހޭކަމަށް އެއާބަސް ކުންފުނިން ނިންމުމާ ގުޅިގެން މުޅި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބުރޫ އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އެކުންފުނިން ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު މެކްސިކޯއިން ފުރައިގެން އެމެރިކާއަށް ދަތުރުކުރި އޭ320 މަރުކާގެ ޖެޓްބްލޫގެ ފްލައިޓްގެ އެލްޓިޓިއުޑް ކުއްލިއަކަށް ވެއްޓި، ގިނަ އަދަދެއްގެ ފަސިންޖަރުންނަށް އަނިޔާވި ހާދިސާއާއި ގުޅިގެން އެ ކުންފުނިން ބެލިބެލުމުން މި މައްސަލަ ކުރިމަތިވީ އިރުގެ ރޭޑިއޭޝަންގެ ސަބަބުން ކަމަށާއި، އެކަމުން ރައްކާތެރިވުމަށް އެ ބޯޓުތަކަށް އާ ސޮފްޓްވެއާއެއް އަޅަންޖެހޭ ކަމަށް އެއާބަސް ކުންފުނިން ވަނީ ބުނެފަ އެވެ.

އަދި އެ ކުންފުނިން ބުނީ މި ސޮފްޓްވެއާ އަޕްގްރޭޑަށް މަދުވެގެން 2 ގަޑިއިރު ނަގާނެކަމަށް ލަފާކުރެވޭއިރު، އެތައް ހާސް ބޯޓު އެއްފަހަރާ ގްރައުންޑު ކުރަންޖެހުމުގެ ސަބަބުން  މުޅި ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ލޮޅުން އަރާނެކަމަށް ވަނީ ބެލެވި ފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *