Ad
ފޭރެން އުޅުނު މީހުންނަށް އެހީތެރިވާން އުޅުނު މީހުން. ފޮޓޯ: ޕޮލިސް
ފޭރެން އުޅުނު މީހުންނަށް އެހީތެރިވާން އުޅުނު މީހުން. ފޮޓޯ: ޕޮލިސް

4 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު މީހުންނަށް އެހީތެރިވެދިން މީހުންގެ ވަނަވަރު ޢާއްމުކޮށްފި

ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު މީހުންނަށް އެހީތެރިވެދިން ކަމަށް ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ފުލުހުން ޢާއްމުކޮށްފިއެވެ.

ރޫޓް ފިހާރައިގެ ފަރާތުން ބެންކް އޮފް ސިލޯނަށް ޖަމާކުރުމަށް ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން މަސައްކަތްކުރީ، މިދިޔަ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހުގެ 11:40 އެހާކަންހާއިރެވެ.

ފުލުހުން ބުނީ، ރޫޓް ފިހާރައިގެ ފަރާތުން ބެންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރުނު މީހުންނަށް އެހީތެރިވެދީ އެ އަމަލު ހިންގުމަށް ރާވައި އަދި އެކަން ހިންގުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި 3 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ތިން މީހުންނަކީ، ކ. މާލެ / ގ. ރޮބިންސް، މުޙައްމަދު މާހީން މަދީޙް (20އ) އާއި، ސ. ފޭދޫ / ރަންކޮކާގެ، އަޙްމަދު މާހިލް ސަޢީދު (21އ) އާއި، ރ. ރަސްމާދޫ / އޯކިޑްމާގެ، މުޙައްމަދު އަޒުމީން (30އ) އެވެ.

ފުލުހުން ބުނީ، މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް  15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މިމައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *