2027 އިން ފެށިގެން ސަރުކާރު ސްކޫލުތަކުގެ ޔުނީފޯމް ތައް ބަދަލުކުރަން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ސަރުކާރުގެ ސުޚުލުތަކަށް ޔުނީފް ކަނޑައެޅުމުގައި 4 ކުލައެއް މިހާރު ކަނދައަޅާފައިވާ ކަމަށާއި، އެހެންކަމުން 2027 އިން ފެށިގެން އެ ކުލަތަކަށް ސަރުކާުގެ ހުރިހާ ސްކޫލުތަކުގެ ޔުނީފޯމް ތައް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
ސަރުކާރު ސްކޫލުތަކުގެ ޔުނީފޯމް ތައްޔާރުޔކުރުމަށް ކަނޑައަޅާފައިވާ ކުލަތަކަކީ ފެއްސާއި ރަތާއި ހުދު އަދި ނޫ ކުލައެވެ. އަދި ސަރުކާރު ސްކޫލުތަކުގެ ފަޓްލޫނުގެ ކުލައަށް ހަމަޖައްސާފައިވަނީ ކަޅު ކުލައާއި ކަލު ނޫ ކުލައެވެ.
ވުމާއެކު 2027 ވަނަ އަހަރުގެ ތައުލީމީ އަހަރު ފެށޭއިރު ސަރުކާރު ސްކޫލުތަކުގެ މަތި ހުންނަންޖެހޭނީ ފެހި، ރަތް، ހުދު ނުވަތަ ނޫ ކުލައިގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައެވެ. އަދި ފަޓްލޫނު ނުވަތަ ތިރި ހުންނަންޖެހޭނީ ކަޅު ނުވަތަ ކަޅު ނޫ ކުލާގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ބަދަލު ގެނައި ނަމަވެސް ސަރުކާރުގެ ސްކޫލުތަކުގެ ތެރެއިން 90 އިންސައްތަ ސްކޫލުގެ ޔުނީފޯމް ބަދަލުކުރަން ނުޖެހޭނެ ކަމަށެވެ. މީގެ ކުރިން ސްކޫލުތަކުގައި ގްރޭޑް 1 އިން ފެށިގެން މަތީގެ ދަރިވަރުން ޓައީ އަޅަން ޖެހޭއިރު ޔުނީފޯމް ޕޮލިސީ އަށް ގެނެވޭ ބަދަލާ ގުޅިގެން ދެން ޓައީ އަޅަން ޖެހޭނީ ގްރޭޑް 7 އިން ފެށިގެން މަތީގެ ކްލާސްތަކުގެ ދަރިވަރުންނެވެ.
މީގެ އިތުރުން އަލަށް އަމަލުކުރަން ފަށާ ޕޮލިސީއާއެކު، އަންހެން ދަރިވަރުންގެ ތެރެއިން ބެގީ ކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތާއި ސްކާޓު ލާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.




