Ad
ކޮވިޑު ޖެހުނު މީހަކަށް ފަރުވާކުރަނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑު ޖެހުނު މީހަކަށް ފަރުވާކުރަނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

މިއަދު 24 މީހުން ޕޮޒިޓިވްވެ، 26 މީހުން ބަލިން ރަގަޅުވި

މިއަދު ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 18 މީހުންނާއިއެކު ޖުމްލަ 24 މީހުން ކޮވިޑް 19 ވައިރަސްއަށް ޕޮޒިޓިވްވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗް.ޕީ.އޭއިން ބުނީ، މިއަދު ރާއްޖެއިން ނެގި 1،392 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 24 މީހުން ކަމަށެވެ.

އަދި މިއަދު ގްރޭޓަރ މާލެ ސަރަހައްދުން 18 ކޭސް ފެނިފައިވާއިރު، ރަށްރަށުން 6 ކޭސް ފެނިފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދުވަނީ، 11،986 އަށް އަރާފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން މިއަދު އިތުރު 26 މީހުން ބަލިން ރަގަޅުވެފައިވާއިރު، މިހާރު ބަލިން ރަގަޅުވި މީހުންގެ ޖުމްލަ އަދަދުވަނީ 11،092 އަށް އިތުރުވެފައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާރު ބައްޔަށް ފަރުވާކުރަނީ، 847 މީހުންނަށެވެ. މީގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާކުރަނީ 60 މީހުންނެވެ.

މިބަލީގައި ރާއްޖެއިން 40 މީހުންވަނީ މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *