Ad
މަރުވެފައި އޮއްވާ ފެނުނު ސިދުރަތުﷲ .
މަރުވެފައި އޮއްވާ ފެނުނު ސިދުރަތުﷲ .

ސިދުރަތުﷲ މަސްތުވާތަކެއްޗަށް ޕޮޒިޓިވް، މަރުވީ ގެނބިގެން: ފުލުހުން

ޕޯސްޓްމޯޓަމްގެ ޕްލިމިނަރީ ރިޕޯޓުގައި އޭނާ މަރުވި ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ ގެނބިގެން

އައިޖީއެމްއެޗް ސަރަހައްދު މޫދުގައި މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބާ ކަދާވަޑު، މުހައްމަދު ސިދުރަތުﷲ އަހުމަދު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަަށާއި، އޭނާ މަރުވީ ގެނބިގެން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުގައި ބުނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރަސްފަންނާއި ވީ ދިމާލުގައި ކަނޑުގެ އަޑީގައި ސިދުރަތުﷲ މަރުވެފައި އޮއްވާ ފެނުނީ، މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އަދި އޭނާގެ މަރާ ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުގެ ސަބަބުން ޕޯސްޓްމޯޓަމް ހެދުމަށް މިމަހުގެ ދެވަނަ ދުވަހު އޭނާގެ ހަށިގަނޑުވަނީ އިންޑިއާއަށް ފޮނުވާފައެވެ.

ފުލުހުން ބުނީ، ސިދުރަތުﷲ މަރުވި ސަބަބު ދެނެގަތުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ހެދި ޕޯސްޓްމޯޓަމްގެ ޕްލިމިނަރީ ރިޕޯޓުގައި އޭނާ މަރުވި ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ ގެނބިގެން ކަމަށެވެ.

އަދި އޭނާގެ ހަށިގަނޑުގައި ހުރި ޒަޚަމްތަކަކީ ހަށިގަނޑު މޫދުގައި އޮތްއިރު، އެއްޗެއް ކެއުމުގެ ސަބަބުން ލިބުނު ޒަޚަމްތަކެއް ކަމަށް ބެލެވޭ ކަމަށް ޕޯސްޓްމޯޓަމް ހެދި ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ކުރި ބައެއް ތަހުލީލުތަކުން ސިދުރަތުﷲ މަސްތުވާތަކެއްޗަށް ޕޮޒިޓިވްކަން އެނގޭ ކަމަށާއި، މިހާރުވެސް ޕޯސްޓްމޯޓަމްއާ ގުޅިގެން ހަދަން ޖެހޭ އިތުރު ތަހުލީލުތައް ރާއްޖެއިން ބޭރުން ކުރިއަށްދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ، މިމައްސަލައާއި ގުޅިގެން އަދިވެސް އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *