Ad
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..

ކޮވިޑް-19: މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 40 އަށް!

މި ބަލީގައި މަރުވީ 32 ދިވެހިން

ރާއްޖެއިން ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު 40 އަށް އަރައިފިއެވެ.

އެޗް.ޕީ.އޭއިން ބުނީ، މިބަލީގައި އިއްޔެ މަރުވި މީހަކީ އުމުރުން 43 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށެވެ. އަދި އިއްޔެ ހެނދުނު 7:25 އެހާކަށްހާއިރު އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ބުނެއެވެ. މިމީހާ ޕޮޒިޓިވްކަން އެނގުނީ ވަޅުލުމުގެ ކުރިން ނެގި ސާމްޕަލް ޕޮޒިޓިވްވުމުންނެވެ.

މިމީހާއަކީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ.

މިމީހާއާއިއެކު މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 40 އަށް އަރާފައިވާއިރު، މަރުވި ދިވެހިންގެ އަދަދުވަނީ 32 އަށް އިތުރުވެފައެވެ. އަދި މިހާތަނަށް މިބަލި ޖެހިގެން 8 ބިދޭސީންވެސް ވަނީ މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *