Ad

ޓެލެކޮމް ޙިދުމަތް ދިނުމުގެ ހުއްދަ އިތުރު ކުންފުންޏަކަށް ދެނީ!

ރާއްޖޭގައި ޓެލެކޮމް ޙިދުމަތް އިތުރު ކުންފުންޏަކަށް ދިނުމަށް ޓެންޑަރަށް ހުޅުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައި ދެއްވުމަށް ފަހު، އަމީރު ވިދާޅުވީ ބަޖެޓުގައިވާ ގޮތުގައި ޓެލެކޮމް ލައިސަންސް ފީއަށް ގެންނަ ބަދަލާއި ފްރިކުއަންސީ ސްޕެކްޓްރަމް ޗާޖެއް އަންނަ އަހަރު އަލަށް 300 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދޭނެ އެވެ. އަދި އެކަމަށްޓަކައި މުޢާސަލާތީ ޙިދުމަތް ދޭ އިތުރު ކުންފުންޔަކަށް ލައިސަންސް ދޭނެ ކަމަށެވެ. އަދި ލައިސަންސް ދިނުމުގެ ކުރިން އެ ހިދުމަތް ދޭނެ ބަޔަކު ކަނޑައެޅުމަށްޓަކައި އަންނަ އަހަރުގެ ކުރީކޮޅު ޓެންޑަރަށް ހުޅުވާލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިންޓަނެޓް އަގުހެޔޮކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއް ވައުދެވެ. އިންޓަނެޓްގެ އަގުހެޔޮކުރުމަށްޓަކައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއިން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް އެ ވާހަކަ އަކީ ގިނަބައެއްގެ ފާޑުކިޔުން އަމާޒްވެފައިވާ ވާހަކައެކެވެ. ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮ ކުރުމަށްޓަކައި އިތުރު ސަބްމެރީން ކޭބަލް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީއިން ދާދިފަހުންވެސް ވަނީ ބުނެފައެވެ.

ރާއްޖޭގައި މިހާރު ފޯނާއި އިންޓަނެޓުގެ ހިދުމަތް ދެމުން ގެންދަނީ ދިރާގާއި އޫރިދޫ އިންނެވެ. ނަމަވެސް މުއާސަލާތީ ހިދުމަތް އިތުރު ކުންފުންޏަކަށް ދޭން އުޅޭ ކަމަށް ބުނެ، ދޭތެރެ ދޭތެރޭން އަޑުތަށްފެތުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *