އިއްޔެ މުޅިރާއްޖޭ ގައި އެއް އަޑަކަށް ފެތުރިގެން ދިޔައީ ހައްޑޫ ހައިސްކޫލުގެ ދަރިވަކާ ޓީޗަރަކާ ދެމެދު ހިނގި މާރާމާރީއެއްގެ ވާހަކަތަކާއި ފޮޓޯތަކާއި މަންޒަރު ތަކެވެ.
އެއާ ވިދިގެން އައްޑޫ ހައިސުކޫލުގެ ކްލާސްރޫމު ތެރޭގައި ދަރިވަރުން ނަގާފައިވާ ބައެއް ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އިއްޔެ ހިނގި މާރާމާރީގެ މަންޒަރުތަކުގެ ތެރެއިން ފާހަގަވި އެއް ކަމަކީ ޓީޗަރ ކުލާސް ރޫމުގެ ތެރޭގައި ހުއްޓައިވެސް ބައެއް ދަރިވަރުން ލެޕްޓޮޕުން ގޭމު ކުޅެމުންދާ ކަމެވެ.

އަދީ އޭގެ ފަހުން ސޯސަލް މީޑިއާގައި ދައުރުވާ އެހެން ވީޑިއޯއެއްގައި ފެންނަނީ އަންހެން ދަރިވަރަކު ފިރިހެން ދަރިވަރެއްގެ އުނގުގައި އިށީދެ އިންނައިރު އަންހެންދަރިވަރުގެ ޕްރައިވެޓް ގުނަވަންތަކަށް ފިރިހެންދަރިވަރު އަތްލައިގެން އިންނަ މަންޒަރެވެ.
ކުލާސް ރޫމުގެ ތެރޭގައި އެހެންވެސް ދަރިވަރުންގެ ކުރިމަތީގައި މި ދަރަޖައަށް ދަރިވަރުންގެ ކަންކަން ގޮސްފައިވުމުން މި ކަމަކީ ދަރިވަރުންގެ މައްސަލައެއްތޯ ސުކޫލުގެ މެނޭޖްމަންޓް މައްސަލައެއްތޯ ނުވަތަ އެކުދިންގެ މައިންބަފައިންގެ މައްސަލައެއްތޯ ބަހުސްކުރެވިދާނެ މައްސަލައެކެވެ. ނަމަވެސް ސްކޫލުގެ މާހައުލުގައި އެހާ ހާމަކަން ބޮޑު ގޮތެއްގައި އެފަދަ އަމަލުތައް ހިންގުމުން ދޭހަވާ އެއްކަމަކީ ހައްދެއް ނެތް މިންވަރަށް އެ ކުދިންނަށް އެފަދަ ގޮތްގޮތަށް އުޅުމުގެ މިނިވަންކަން ސުޚުލުގެ މާހައުލުގައި ފަހިވެފައިވާ ކަމެވެ.
މީގެ އިތުރުން ދަރިވަރުން ޓީޗަރަށް ބްލީކޮށް ހުރިހާ ދަރިވަރުން މަޖާކުރާ މީހަކަށް ޓީޗަރަކު ވެފައިވާ މަންޒަރު މީގެ ތެރެއިން ބައެއް ވީޑިއޯތަކުން ފެންނައިރު މި ކަމަކީ ވެއް ހަމައެކަނި އިއްޔެ ހިނގާނެ ކަމެއް ކަމަށް ނުބެލެވެ އެވެ.
އެހެންކަމުން އެ ދަރިވަރުން އެހާ ޖެހިލުންކުޑަވެ ކިޔަވައިދޭ މުދައްރިސް މީހާ ކުލާސްރޫމުގައި ހުޢްޓައި ލެޕްޓޮފުން ގޭމްކުޅުމާއި މުދައްރިސަށް ބްލީކުރުމާއި، ދަބުއަހްލާގީ މަންޒަރުތައް ކުލާސްރޫމުގެ ތެރެއިން ފެނިގެންދިއުމަކީ ސުކޫލުގެ އިހްމާލު އޭގައި ވަރަށް ބޮޑަށް އޮތުމުން ހިނގަމުންދާ ކަންކަން ކަމުގައި ގަބޫލުކުރެވެއެވެ.




