ފަލަސްތީން ހިމެނޭ ގޮތަށް އިތުރު 7 ގައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް ދަތުރުނުކުރެވޭ ގޮތް ހަދައިދި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ 7 ގައުމަކަށް ނެރެފައިވާ ޓްރެވަލް ބޭން ގެ އިތުރުން މީގެ ކުރިން 12 ގައުމަކަށް ޓްރެވަލް ބޭން ވަނީ ނެރެފައެވެ. މި ނިންމުމާ އެކު އެމެރިކާއަށް އެތެރެވުން މަނާކޮށްފައި އޮތް ގައުމުތަކުގެ އަދަދު 40 އަށް އަރަ އެވެ.
ހުޅަނގުގެ ބޮޑެތި ގައުމުތަކުން ފަލަސްތީނުގެ ގައުމެއްގެ ގޮތުގައި ބަލައިގަތުމާ ގުޅިގެން ޓްރަމްޕްގެ ސަރުކާރުން ވަނީ ފަލަސްތީނުގެ ޕާސްޕޯޓް އޮންނަ މީހުންނަށް ނުރަސްމީ ގޮތެއްގައި ދަތުރުކުރުން މަނާކޮށްފަ އެވެ.
ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާ މީހުންނަށް ބިރު ދެއްކުމުގެ ނިޔަތުގައި އުޅޭ ބިދޭސީން އެގައުމަށް އެރުން ކުރާ ކަމަށެވެ. އަދި އެމެރިކާގެ ސަގާފަތާއި ސަރުކާރާއި، މުއައްސަސާތައް ނުވަތަ ފައުންޑިން ޕްރިންސިޕަލްސް ބަލިކަށިކޮށް، ނުވަތަ ބަލިކަށިކޮށްލާ ބޭރު މީހުން ހުއްޓުވަން ޓްރަމްޕް ބޭނުންފުޅުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން އިއްޔެ ޓްރެވަލް ބޭން ނރެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ:
- ސީރިޔާ
- ބުރްކީނާ ފާސޯ
- މާލީ
- ނައިޖަރ
- ސިއެރާ ލިއޯން
- ދެކުނު ސޫދާން
- ލާއޯސް
- ފަލަސްޠީނު އޮތޯރިޓީގެ ޕާސްޕޯޓް
މީގެ ކުރިން އެމެރިކާއަށް ދަތުރުކުރުން މަނާކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން، މިޔަންމާ، ޗާޑް، ރިޕަބްލިކް އޮފް ކޮންގޯ، އިކުއެޓޯރިއަލް ގިނީ، އެރިޓްރިއާ، ހެއިޓީ، އީރާން، ލީބިޔާ، ސޯމާލިއާ، ސޫދާން، ޔަމަން ހިމެނެއެވެ.




