Advertisement
BML Home 2nd Ad

ތ. މަޑިފުށި ފްރެންޑްސް ޕްރިންޓް ރަމަޟާން ޤުރްއާން މުބާރާތް މިފަހަރުވެސް މުޅި ރާއްޖެއަށް!

ކުރިއަށް އޮތް އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހު، ތ. މަޑިފުށި ފްރެންޑްސް ޕްރިންޓުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

Advertisement
Etukuri Inside ad 300x300 Desktop

"ތ. މަޑިފުށި ފްރެންޑްސް ޕްރިންޓް ޤުރްއާން މުބާރާތް 1447″ ގެ ނަމުގައި ބާއްވާ މި މުބާރާތުގެ މަޤްޞަދަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ބާރުއެޅުމާއި ތަޖުވީދުމަގަށް ކީރިތި ޤުރްއާން ކިޔެވުމަށް ހިތްވަރުދިނުމާއި ދީނީ ކަންކަމަށް ލޯބިޖެއްސުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ.

ފްރެންޑްސް ޕްރިންޓުން ބުނެފައިވަނީ މިފަހަރުގެ މުބާރާތް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވަނީ 7 އުމުރުފުރާގެ އިތުރުން، ތަރުންނަމް އަލް ޤުރްއާނުގެ ބަޔާއި އާންމުންގެބައި އަދި މުއައްސަސާތަކުގެ ބައެވެ. މުބާރާތް ކުރިއަށްދާނީ ދެ ގޮތްޕަކަށެވެ. އެއީ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. މިގޮތުން ކޮންމެ އުމުރު ފުރާއަކުން 1ވަނަ 2ވަނަ އަދި 3ވަނަ ހޮވުމުގެ އިތުރުން 2 ގޮފި ވަކިން 1ވަނަ 2ވަނަ އަދި 3ވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ތަރުންނަމް އަލް ޤުރްއާނުގެ ބަޔާއި އާންމުންގެ ބައިގެ އިތުރުން މުވައްސަސާތަކުގެ ބައިން 1ވަނަ 2ވަނަ އަދި 3ވަނަ ހޮވާގޮތަށްވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުގެ އެންމެމޮޅު 3 ބައިވެރިން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ބޮޑު އިނާމެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ލެޕްޓޮޕެކެވެ. މީގެއިތުރުން ފައިސާގެ އިނާމާއި ޓްރޮފީ އަދި މުބާރާތުގެ ރަންތާޖު ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ މުބާރާތުގައި ވެސް ތަރުންނަމް އަލް ޤުރްއާނުގެ ބައިގައި އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ޤުރްއާން މުބާރާތް ކުރިއަށްދާ މުއްދަތު ތެރޭ ބަންޤި ގޮވުމުގެ މުބާރާތެއް ވެސް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ދަންފަޅިއެއްގައި ވެސް ޤުރްއާނުގެ ޢިލްމާއި ބެހޭގޮތުން 30 މިނިޓްގެ ފޯރަމް ކުރިއަށް ގެންދިއުން އޮންނާނެއެވެ. މި ފޯރަމްގައި މުބާރާތުގެ ބައިވެރިންގެ އިތުރުން އެހެން ހުރިހާ ފަރާތްތަކަކަށް ބައިވެރި ވެވޭނެކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެފައިވެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 10 ޖަވަނަރީ 2026 ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މިގޮތުން މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް ފުރަންޖެހޭ އޮންލައިން ފޯމް "ފްރެންޑްސް ޕްރިންޓް" ފޭސްބުކް ޕޭޖަށް އަދި ވައިބަރ ގްރޫޕަށް ވަނީ ޕަބްލިޝް ކޮށްފައެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 22 ރަމަޟާން 1447 ގައެވެ. މުބާރާތް ކުރިއަށްދާނީ ތ. މަޑިފުށީ ގައެވެ. މިއީ މި މުބާރާތް ބާއްވާ 5 ވަނަ ފަހަރެވެ.

މި މުބާރާތް އިންތިޒާމްކުރާ ފްރެންޑްސް ޕްރިންޓަކީ ދީނީ ކަންކަމުގެ އިތުރުން އިޖުތިމާއީ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކަމުން އަންނަ އަދި ގިނަ ޚިދުމަތްތަކެއް ދޭ ފަރާތެކެވެ. މީގެކުރިން ބޭއްވި 4 މުބާރާތަށް ވެސް ރަށު ރައްޔިތުންގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުން ވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައި ވެއެވެ.

މުބާރާތާއި ގުޅޭގޮތުން މައުލޫމާތު ސާފްކުރުމަށް ގުޅާނެ ނަންބަރަކީ 9818610

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.gle/o42G8wJ52jadt6kL7

 

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add