ކޯސް ފީ ނުދައްކައިގެން އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ކުރީގެ ދަރިވަރަކާ ދެކޮޅަށް އުފުލި ދައުވާއެއް ސާބިތުވެ ކޯސްފީ ދެއްކުމަށް އެދަރިވަރުގެ މައްޗަށް ހުކުމް ކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ސިވިލްކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ބުނެފައިވަނީ ވަނީ 2019 ގައި އައިޔޫއެމްގަައި ބެޗްލާ އޮފް ޝަރިއާ އެންޑް ލޯ ވިތު އޮނާސް އަށް ކިޔަވަން ފެށި ގއ. ވިލިނގިލީ ޝާދީވިލާ، ނަސްރުﷲ ފަތުހީ އެ ޔުނިވާސިޓީގައި ތައުލީމް ހާސިލްކުރި ދުވަސްވަރު ކޯސްފީގެ ގޮތުގައި ދައްކަންޖެހޭ 6،735 ރުފިޔާ ނުދައްކާ އޮތް ކަމަށާއި، އެހެންކަމުން އެފައިސާ ދެއްކުމަށް ނަސްރުﷲގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
އެ މައްސަލާގައި މި މަހުގެ 18 ވަނަ ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ކޯހުގެ 2ވަނަ ސެމިސްޓާގައި ނަސްރުﷲ ކޯހުން ވަކިވެފައިވާ އިރު، އައިޔޫއެމްގެ ކޯސް ފީ ނެގުމާ ބެހޭ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން ކޯސްފީގެ ގޮތުގެ ގޮތުގައި ދައްކަންޖެހޭ 6،735 ރުފިޔާ ނަސްރުﷲ ނުދައްކައި އޮތް ކަމަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން އެ ފައިސާ އައިޔޫއެމް އަށް ލިބިދިނުމަށްޓަކައި 7 ދުވަހުގެ ތެރޭގައި، އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ނަސްރުﷲ ގެ މައްޗަށް އެ ހުކުމުގައި ޗވަނީ އަމުރުކޮށްފައެވެ.




