Ad

އެމެރިކާގެ އިންތިހާބުގެ ކަންކަމުގައި މިލިއަނެއްހާ ބިދޭސީ ޖާސޫސުން!

އެފްބީއައިގެ އޮފިޝަލުން ބުނަނީ މިއީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް

އެމެރިކާގެ ފަސްގަނޑުގައި ތިބެ، އެމެރިކާގެ ކަންކަން ޖާސޫސްކުރާ މީހުން އަބަދުވެސް ވަރަށް ގިނައެވެ. ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބުނެފައިވާ ގޮތުގައި އާންމު ދުވަސްވަރު އެވްރެޖްކޮށް ފަސް ލައްކަ ފޮރިން ޖާސޫސުން އެމެރިކާގައި ހަރަކާތްތެރިވެއެވެ. ޚާއްސަކޮށް ޗައިނާ އާއި ރަޝިޔާ ފާހަގަކޮށްލެވެއެވެ.

މިއީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރެވެ. މި ދުވަސްވަރު އެމެރިކާގެ ފަސްގަނޑުގައި ތިބި ބިދޭސީ ޖާސޫސުންގެ އަދަދު މިލިއަނަކާ ކައިރި ކުރާނެ ކަމަށް ބެލެވެއެވެ. އެފްބީއައިއިން ދެކޭ ގޮތުގައި ގިނަވެފައިވަނީ ހެކަރުންނާއި ސޮފްޓުވެއަރ އަދި ކޮމްޕިއުޓަ އިންޖިނިއަރުންނާއި މިލިޓަރީ ދިރާސާކުރާ މީހުންނާއި ފޮރެންސިކް އެނަލިސްޓުންނާއި ނޫސްވެރިންނާއި ފްރީލާންސް ފޮޓޯގަރާފަރުންނާއި ޝެފުންނާއި ޑްރައިވަރުންނާއި ދަރިވަރުންނާއި ދިރާސާތައް ކުރާ މީހުންނާއި މިނޫންވެސް ތަފާތު ދާއިރާތަކުގެ މީހުން ޖާސޫސްކުރުމުގައި ހަރަކާތްތެރިވެއެވެ.

ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ބިދޭސީ ޖާސޫސުންގެ އެހީ ދެފަރާތުގެ ކެމްޕޭނުގެ ކަންކަން ރޭވުމުގައިވެސް ބޭނުންކުރުމުގެ ފުރުސަތު އެބައޮތެވެ. އެއީ އެމީހުންނަށް ނަގުދު ފައިސާ ލިބޭ ގޮތްތަކަށް ބަލާއިރު، އެފަދަ ނިޝާންތަކެއް ފެންނަން އެބަހުރި ކަމަށް އެފަރާތްތަކުން ދެކެއެވެ.

އެމެރިކާގައި ޖާސޫސްކުރާކަން ފަޅާ އަރައިގެން ދާދި ފަހުން ވެސް ޗައިނާގެ ޕްރޮފެސަރެއް އެމެރިކާއިން ވަނީ ހައްޔަރުކޮށްފައެވެ. އެނާ އެމެރިކާގައި ކިޔަވައިދިނުމުގެ ވަޒީފާގައި އުޅުނީ ނަފްސު އޮޅުވާލައިގެންނެވެ. ފަހުން އެނގުނު ގޮތުގައި އޭނާއަކީ ޗައިނާގެ މިލިޓަރީގައި މަސައްކަތްކޮށްފައިވާ، އަސްކަރީ ދިރާސާތައް ކިރާ މީހެކެވެ. އެމެރިކާއިން އެހުރިހާ ހަގީގަތެއް ހޯދައި ޗައިނާއަށް ފޮނުވި ހިސާބުން ދެގައުމުގެ ދެމެދުގައި ޚާރިޖީ "ޒުވާބެއް" ފެށިގެން ދިޔައެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެހާގިނަ ބިދޭސީ ޖާސޫސުން އެމެރިކާގައި ހަރަކާތްތެރިވުމަކީ އެމެރިކާގެ ސަލަމާތަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެފްބީއައިގެ އޮފިޝަލުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ޖާސޫސޫންގެ ކިބައިން ސަލާމަތްވުމުގެ މަސައްކަތްތައް ފުޅާކޮށް ވަރުދަކުރުމަށް އިރުޝާދު ދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *