Ad

ޕްރިމިއަރ ލީގު: އާނޯލްޑަށް އަނިޔާވެ ލިވަޕޫލަށް އިތުރު މައްސަލަ ތަކެއް!

އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަޕޫލްގެ ޑިފެންޑަރު އެލެގްޒެންޑާ އާނޯލްޑަށް އަނިޔާވެ 4 ހަފްތާއަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.

އާނޯލްޑަށް އަނިޔާވީ ހޯމަ ދުވަހު މެންޗެސްޓަރ ސިޓީއާ ވާދަކުރި މެޗްގެ ދެވަނަ ހާފުގައެވެ. އޭނާގެ ކުޑަކަޅުވާއަށް ލިބުނު އަނިޔާއަކާ ކުޅިގެން އެ މެޗްގައި އޭނާ ވަނީ ވަގުތުން ބަދަލުކޮށްފައެވެ. މިއަނިޔާގެ ސަބަބުން އަންނަ ހަފްތާގައި ކުޅޭ ބައިނަލްއަޤްވާމީ މެޗްތަކުގައި ވެސް އޭނާއަށް ނުކުޅެވޭނެއެވެ. އާނޯލްޑަކީ އިނގެރޭސި ޤައުމީ ޓީމާއި ލިވަޕޫލްގެ މުހިންމު ކުޅުންތެރިއެކެވެ. މިދިޔަ ސީޒަންގެ ލީގުގައި އެންމެ ގިނައިން ލަނޑުޖަހަން މަގުފަހިކޮށްދިން ޑިފެންޑަރަށް އަނިޔާ ވުމަކީ ލިވަޕޫލަށް ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ކަހަލަ ކަމެކެވެ.

ލިވަޕޫލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަދި ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރު ވެންޑައިކަށްވެސް އަނިޔާވެ އޭނާއަށް ވަނީ ސީޒަން ނިމިފައެވެ. ވެންޑައިކުގެ ބަދަލުގައި އެމަގާމަށް ކުޅުނު މިޑްފީލްޑަރު ފަބީނިއޯ އަށްވެސް އަނިޔާވެ 3 ހަފްތާއަށް ވަނީ ކުޅުމާ ދުރުގައެވެ.

އެވަޓަންގެ ގޯލްކީޕަރު ޕިކްފޯޑް ވެންޑައިކަށް ހަމަލާދެނީ. މިއަނިޔާއާއި ގުޅިގެން ވެންޑައިކަށްވަނީ ސީޒަން ނިމިފަ

އާނޯލްޑްގެ ބަދަލުގައި އެމަޤާމަށް ދެން ކުޅޭނެކަމަށް ބެލެވެނީ ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ޖޭމްސް މިލްނާ ނުވަތަ ޒުވާން ކުޅުންތެރިޔާ ވިލިއަމްސްއެވެ. މިއަހަރުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ލިވަޕޫލުން 3 މެޗް ކުޅެފައިވާއިރު މި 3 މެޗުންވެސް މޮޅޫވެފައިވަނީ ބައިކޮޅަށް ގޯލެއް ވަނަ ނުދީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *