Ad
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..

ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 41 އަށް އަރައިފި

ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 41 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، މިއަދުވެސް މިބަލީގައި އިތުރު ދިވެއްސަކު މަރުވެފައިވާ ކަމަށެވެ. އަދި އެމީހާ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރު 2:38 އެހާކަށްހާއިރު ކަމަށް އެޗް.ޕީ.އޭއިން މައުލޫމާތުދެއެވެ.

މިބަލީގައި މިއަދު މަރުވި މީހަކީ އުމުރުން 45 އަހަރުގެ އަންހެނެކެވެ. މިއީ މިހަފްތާގެ ތެރޭގައި މިބަލީގައި މަރުވި ދެވަނަ މީހާއެވެ.

މިމީހާއާއިއެކު ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 41 އަށް އަރާފައިވާއިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ، 33 ދިވެހިންނާއި 8 ބިދޭސީންނެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 12 ހާހަށްވުރެ މައްޗަށް އަރާފައިވާއިރު، މިހާރު މިބައްޔަށް ފަރުވާކުރަނީ 830 މީހުންނެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާކުރަނީ، 52 މީހުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *