Ad

އެމެރިކާގެ އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާކަމަށް ކުރެވޭ ތުހުމަތުތައް ތަހުޤީޤު ކުރަނީ!

ަމި އިންތިހާބުގައި އެއްވެސް ފްރޯޑެއް އުޅޭތޯ ބަލާާ ޔަޤީން ކުރުމަށް އެމެރިކާގެ އެޓާރނީ ޖެނެރަލް މިހާރުވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފ

އެމެރިކާގެ އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާކަމަށް ކުރެވޭ ތުހުމަތުތައް ތަހުޤީޤު ކުރުމަށް ކަމާބެހޭ އިދާދާތަކަށް އެޤައުމުގެ އެޓާނީ ޖެނެރަލް އަންގައިފިއެވެ.

ޚާއްޞަގޮތެއްގައި ރައީސް ޓަރަމްޕް މި ވިދާޅުވާ، ޞައްޚަ ވޯޓާއި ޞައްޚަ ނޫން ވޯޓުގެ ކަންތައްތައްވެސް ބަލެމަށާއި، މި އިންތިހާބުގައި އެއްވެސް ފްރޯޑެއް އުޅޭތޯ ބަލާާ ޔަޤީން ކުރުމަށް އެމެރިކާގެ އެޓާރނީ ޖެނެރަލް މިހާރުވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ. އިންތިހާބާ ބެހޭގޮތުން މިހާތަނަށް ރައީސް ޓްރަމްޕް އެމެރިކާގެ ކޯޓުތަކަށް ވެއްދި ހުރިހާ މައްސަލަތަކެއް ވަނީ ނާކާމިޔާބުވެފައެވެ. އެހެންކަމުން މިފަހަރުވެސް ޓްރަމްޕަށް ކާމިޔާބު ވެދާނެކަމަށް ނުބެލެވޭކަމަށް މަޝްރަޚު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް މިމައްސަލަ ތަޚުޤީޤު ކުރަން އެޓާނީ ޖެނެރަލް އެންގި އެންގުމަކީ ވޯޓުގެ ސައްހަކަމާމެދު ސުވާލު އުފެދިދާނެ ކަމެއްކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ. އެހެންނަމަވެސް މިއިން އެއްވެސްކަމެއްގައި ސާފު ހެކި އެއްވެސް ފަރާތަކަށް މިހާތަނަށް ދެއްކިފައެއް ނުވެއެވެ.

އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބު ކާބިޔާބުކުރެއްވީ އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަން އެވެ. އެހެންނަމަވެސް އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެކަމަށް ރައީސް ޓްރަމްޕް ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *