Ad
ކޮވިޑުގެ ބަލި މީހަކު އެމްބިއުލެންސަށް އަރުވަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހަކު އެމްބިއުލެންސަށް އަރުވަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ

މާލެ ސަރަހައްދުން ޕޮޒިޓިވްވި 15 މީހުންނާއިއެކު މިއަދު ޖުމްލަ 21 މީހުން ޕޮޒިޓިވްވި

މިއަދު ރާއްޖެއިން 21 މީހުން ޕޮޒިޓިވްވިއިރު، ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވީ 15 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗް.ޕީ.އޭއިން ބުނީ، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 7 ބިދޭސީން ކަމަށެވެ. އަދި މިއަދު ރަށްރަށުން 6 ކޭސް ފެނިފައިވާ ކަމަށެވެ.

މިއަދުގެ ކޭސްތަކާއިއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 12،030 އަށް އަރާފައިވާއިރު، މީގެތެރެއިން 11،182 މީހުންވަނީ ބަލިން ރަގަޅުވެފައެެވެ.

އަދި މިހާރު ބައްޔަށް ފަރުވާކުރަނީ 800 މީހުންނެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާކުރަނީ 47 މީހުންނެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ތެރެއިން މިއަދުވެސް އިތުރު ދިވެއްސަކުވަނީ މަރުވެފައެވެ. މިއަދު މަރުވި މީހާއާއިއެކު މިބަލީގައި މަރުވި މީހުންގެ އަދަދުވަނީ 40 އަށް އިތުރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *