ދެވަނަ ފިޔަވަހީގައި ހަދާ ހުޅުމާލެ ހޮސްޕިޓަލްގެ 2 ވަނަ ކުލިނިކް އަނަން މާރިޗްމަހު ހުޅުވާނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ އާބަން ޕްރައިމަރީ ހެލްތު ކެއަރ ކްލިނިކް (ޖީޕީ ކްލިނިކް)ގެ ޚިދުމަތް ޤާއިމްކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ޓަވަރެއްގައެވެ.
ފަހިދިރިއުޅުން ކޯޕަރޭށަނުގެ 4000 ފްލެޓަށް މީހުން ބަދަލުވާއިރު އެސަރަޙައްދުން ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމށްޓަކައި އެ ކްލިނިކްގެ ޚިދުމަތް ފެއްޓުމަށް ބޭނުންވާ ސެޓަޕް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އެހެންކަމުން އަންނަ މާޗު މަހުގެ ތެރޭގައި ހިދުމަތްތައް ފެށިގެންދާނެ ކަމަށެވެ.
އެގޮތުން އަމާން އުދަރެހުގެ 6 ވަނަ ޓަވަރުގައި އެ ކްލިނިކް ގާއިމްކުރުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ދެމެދު މިހާރުވަނީ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސޮއިކޮށްފަ ކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.