Ad

އަދީބާ ބައްދަލުވި، ރިޝްވަތެއް ނުދެއްވާ: ރައީސް

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރާ ބައްދަލު ކުރެއްވިން ކަމަށާއި، ނަމަވެސް ފައިސާގެ އެއްވެސް މުޢާމަލާތެއް ހިންގާފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓީވީގެ މިއަދު "ފަށާއިރު" ޕްރޮގްރާމްގައި އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއް ރައީސް ސޯލިހަށް ލިބިވަޑައިގެންނެވިތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވީ، އެ ހިޔާނާތުގެ އެއްވެސް ފައިސާއެއް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.

"އަޅުގަނޑަކަށް އެއްވެސް ފައިސާއެއް ނުލިބޭ. އަހުމަދު އަދީބާ އަޅުގަނޑު ބައްދަލުވި. އެނގިވަޑައިގަންނަވާނެ އޭރު ބައްދަލުކުރަން ޖެހުނީ ކޮންކަމެއްގައިކަން. އެކަމަކު ފައިސާގެ އެއްވެސް ވާހަކައެއް ދެކެވިފައެއް ވެސް ނޯންނާނެ އަދި އެއްވެސް ލާރިއެއް ވެސް ލިބިފައެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އެއިޝާރާތް ކުރެއްވީ ރައީސް ޔާމީނުގެ ވެރިކަމުގައި ޤާނޫނު އަސާސީ އަށް އިސްލާހު ގެނައި ދުވަސްވަރުގެ ވާހަކައަށެވެ. އޭރު ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުން ޕީޕީއެމްގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވީ އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަހުމަދު އަދީބެވެ. ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އޭރު ހުންނެވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައެވެ. އެމްޑީޕީގެ ތާޢީދާއެކު ޤާނޫނު އަސާސީއަށް ޕީޕީއެމުން ގެންނަން ބޭނުންވި އިސްލާހުތައް އޭރު ގެނައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *