Ad

ޓެރަރިޒަމްގެ ހަމަލާއެއް ރާވަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

މިހާތަނަށް 5 މީހުން ހައްޔަރުކޮށްފައިވޭ

ޓެރަރިޒަމްގެ ހަމަލާއެއް ރާވަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ،

ފުލުހުން ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާ ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއަމަލު ހުއްޓުވާ، ބަޔަކު ހައްޔަރުކޮށް، އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަގެންދާކަމަށެވެ.

މި އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީގެ އިތުރުން ތ. ތިމަރަފުށީގައެވެ. މި އޮޕަރޭޝަންގައި މިހާތަނަށް 5 މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އެއީ މާލެ އިން މީހަކާއި ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހަކުގެ އިތުރުން ތިމަރަފުށިން މީހަކު ކަމަށް ފުލުހުން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *