Ad

އެއާ އޭޝިޔާ އެކްސް ދަތުރުތައް އަލުން ފެށުމަށް 120 މިލިއަން ޑޮލަރު ބޭނުންވޭ: ޑެޕިއުޓީ ޗެއާމަން

ބައިނަލްއަޤުވާމީ ދިގު ދަތުރުތަކަށް ޚާއްސަކޮށްފައިވާ އެއާ އޭޝިޔާ އެކްސްގެ މަތިންދާ ބޯޓުގެ ދަތުރުތައް އަލުން ފެށުމަށްޓަކައި 500 މިލިއަން ރިންގިޓް ނުވަތަ 120 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އެއާ އޭޝިޔާ އެކްސް ބަރުހާދުން ބުނެފިއެވެ.

ކުންފުނީގެ ޑެޕިއުޓީ ޗެއާމަން ލިމް ކިއަން އޮން މެލޭޝިޔާގެ ދަ ސްޓަރ ނޫހަށް ދީފައިވާ އިންޓަވިއުގައި ވިދާޅުވެފައިވަނީ "އަހަރެމެން އަތުން ފައިސާ ހުސްވެއްޖެ" ކަމަށެވެ.

އެއާ އޭޝިޔާ ގުރޫޕުން ބުނެފައިވަނީ އެ ގުރޫޕުގެ 15.3 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހިފައިވާކަމަށެވެ.

"ޝެއާ ހޯލްޑަރުން އަތުން އިތުރު އިކުއުޓީ ނުހޯދާ ބޭންކުން ފައިނޭންސް ނުކޮށްދޭނެކަން ޔަގީން،"ލިމް ވިދާޅުވިއެވެ.

ދަރަނީގެ ބޮޑު ބައެއް ދަނީ ލީސް ޕޭމަންޓްތަކަށާއި ރޮއިސް ރޯއީ އިންޖީނުތައް މަރާމާތުކުރުމުގެ ފީތަކާއި އެއާބަސްއިން ގިނަ އަދަދެއްގެ ފުލައިޓުތައް ގެންނަން ކުންފުނިން ހަދާފައިވާ ކޮންޓްރެކްޓަށް އަމަލުކުރުމަށެވެ.

ފައިސާގެ މައްސަލަތަކާ ކުރިމަތިވެފައިވާ މެލޭޝިޔާގެ ގައުމީ އެއާލައިން، މެލޭޝިއަން އެއާލައިނާއި އެއާ އޭޝިޔާ އެއްކޮށްލުމަށް ކުރެވޭ މަސައްކަތްތަކަށް އެކަށީގެންވާ ކުރިއެރުމެއް އަދިވެސް ނުލިބޭކަން ފާހަގަކުރައްވަމުން ލިމް ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު ކުންފުނީގެ ބޯޓުތައް އުދުހެން ފަށަން ތައްޔާރުވަމުންދާއިރު، އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ ފައިސާ ހޯދުމުގެ މަސއްކަތް އެކުންފުނިން ކެނޑިނޭޅި ކުރިއަށް ގެންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *