Ad

ޓެރެރިޒަމްގެ ހަމަލާ ރާވަން އުޅުނު ކަމުގެ ތުހުމަތުގައި 6 މީހުން ހައްޔަރުކޮށްފި

ރާއްޖޭގައި ދޭން އުޅުނު ހަމަލާ އާއި ގުޅިގެން ހަ ދިވެހިން ހައްޔަރުކޮށްފިއެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރާވަމުންދިޔަ ބަޔަކު ހުއްޓުވައި، ރެއިން ފެށިގެން ފުލުހުން އަންނަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ އާއި ތ. ތިމަރަފުށީގެ އިތުރުން ކަނޑުމަތީގަ އެވެ.

ފުލުހުން ވިދާޅުވީ އެމައްސަލަ އާއި ގުޅިގެން ތިމަރަފުށިން ރޭ އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 31 އަހަރުގެ ފިރިހެނެކެވެ.

މިމައްސަލައިގައި ކުރިން ހައްޔަރު ކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. އެއީ މާލެ އިން މީހަކާއި ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހަކުގެ އިތުރުން ތިމަރަފުށިން 2 މީހުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ރޭ ވިދާޅުވީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިިޔަކަމަށް ތުހުމަތު ކުރެވޭ ނިރުބަވެރި އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮަށް އެ އަމަލު ހުއްޓުވައި، ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން ދަނީ މާލެ އާއި އަތޮޅުތެރޭގެ ކަނޑުމަތީގައި އާއި ތ.ތިމަރަފުށީގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *