Ad
ފޮޓޯ: ޕޮލިސް މީޑިއާ
ފޮޓޯ: ޕޮލިސް މީޑިއާ

ހުއްޓުވީ ތިމަރަފުށީގައި ދޭން އުޅުނު ހަމަލާއެއް ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: ފުލުހުން

އިއްޔެ ހުއްޓުވީ ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާއެއް ކަމަށް ބުނެ ފެތުރަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން ބުނީ، އިއްޔެ ހުއްޓުވީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއް ކަމަށްބުނެ ބައެއް މީޑިއާތަކުން ފެތުރާފައިވަނީ ސައްޙަ މައުލޫމާތެއް ނޫންކަމަށެވެ.

އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި މިފަދަ ހައްސާސް މައްސަލަތަކުގައި ކަމާގުޅޭ އިދާާރާތަކުން ހާމަކުރާ ސައްޙަ މައުލޫމާތު ނޫނީ ނުފެތުރުމަށް ފުލުހުންގެ އިދާރާއިންވަނީ މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދިޔަކަމަށް ތުހުމަތު ކުރެވޭ ޓެރަރިޒަމްގެ އަމަލައަކާ ގުޅޭގޮތުން ފުލުހުންގެ އިންޓަރލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއަމަލު ހުއްޓުވާ މިހާތަނަށް 6 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވިކަމުގެ ތުހުމަތުގައި ރާއްޖޭގެ ތިން ސަރަހައްދަކުން މީހުން ހައްޔަރުކޮށް، ތަންތަން ބަލާ ފާސްކުރުމަށް ހިންގާ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި މި އޮޕަރޭޝަން ކުރިއަށްދާ މިންވަރަކުން މިކަމުގެ މައުލޫމާތު ހާމަކުރަމުންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިއޮޕަރޭޝަން ކުރިޔަށް ގެންދިޔުމަށް ފުލުހުން ހަރަކާތްތެރިވަނީ، މާލެއާއި މާލެ އަތޮޅު ކަނޑުމަތީގައާއި، ތ.ތިމަރަފުށީގައެވެ. އަދި މިއޮޕަރޭޝަންގައި މިހާތަނަށް މީހުން ހައްޔަރުކޮށްފައިވަނީ މާލެއިންނާއި، ކަނޑުމަތީ އޮތް ދޯންޏެއްގެ އިތުރުން ތިމަރަފުށިން ކަމަށްވެސް ފުލުހުން ބުނެއެވެ.

މިއޮޕަރޭޝަން އަދިވެސް ކުރިޔަށްގެންދާތީ، މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއްނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *