Advertisement
BML Home 2nd Ad

ފަތިސް ނަމާދާއި މަޣްރިބު ނަމާދުގެ ރަވާތިބު ސުންނަތުގައި ކާފިރޫން ސޫރަތާއި އިޚްލާޞް ސޫރަތް ކިޔެވުން

ސުވާލު: ކާފިރޫން ސޫރަތާއި އިޚްލާޞް ސޫރަތް ފަތިސް ނަމާދާއި މަޣްރިބު ނަމާދުގެ ރަވާތިބު ސުންނަތުގައި ކިޔެވުމަކީ ގަދަވެގެންވާ ސުންނަތެއްތޯއެވެ؟

Advertisement
Etukuri Inside ad 300x300 Desktop

ޖަވާބު:

ފުރަތަމަ ކަމަކަށް:

އާއެކެވެ! ކާފިރޫން ސޫރަތާއި އިޚްލާޞް ސޫރަތް ފަތިސް ނަމާދާއި މަޣްރިބު ނަމާދުގެ ރަވާތިބު ސުންނަތުގައި ކިޔެވުމީ މުސްތަޙައްބު ކަމެކެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން އެކަން ޞައްޙަކޮށް ޘާބިތުވެގެންވެއެވެ.

فعن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم ( قَرَأَ فِي رَكعَتَي الفَجرِ “قُلْ يَا أَيُّهَا الكَافِرُونَ ” و ” قُلْ هُوَ اللَّهُ أَحَدٌ ” ) رواه مسلم (726) .

އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހު ގެ ކިބައިން ރިވާކުރެއްވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ފަތިސް ނަމާދުގެ އިހު ސުންނަތުގައި “قُلْ يَا أَيُّهَا الكَافِرُونَ ” އާއި “قُلْ هُوَ اللَّهُ أَحَدٌ ” ކިޔަވައި ވިދާޅުވިއެވެ.”

عن ابن عمر رضي الله عنهما قال : ( رَمَقتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّمَ عِشرِينَ مَرَّةً يَقرَأُ فَي الرَّكعَتَينِ بَعدَ المَغرِبِ ، وَفِي الرَّكعَتَينِ قَبلَ الفَجرِ : ” قُلْ يَا أَيُّهَا الكَافِرُونَ ” و ” قُلْ هُوَ اللَّهُ أَحَدٌ ” ) رواه النسائي (992) وقال النووي في “المجموع” (3/385) : إسناده جيد . وصححه الألباني في “السلسلة الصحيحة” (3328) والشيخ أحمد شاكر في تحقيق المسند (8/89) .

އަދި އިބްނު ޢުމަރު ރަޟިޔަ ﷲ ޢަންހުމާ ވިދާޅުވި އެވެ. “މަޣްރިބު ނަމާދުގެ ފަހު ސުންނަތުގެ ދެރަކުޢަތުގައްޔާއި ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެރަކުޢަތުގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ” قُلْ يَا أَيُّهَا الكَافِرُونَ ” އާއި ” قُلْ هُوَ اللَّهُ أَحَدٌ ” ކިޔަވައި ވިދާޅުވަނިކޮށް، އަހުރެން ވިހި ފަހަރު ދުށީމެވެ.”

އަލްމުބާރަކްފޫރީ “ތުޙްފަތުލް އަޙްވަޛީ” ގައި ވިދާޅުވެފައި ވެއެވެ. (2/418):

“އާދޭހެވެ. އެ ދެސޫރަތުގެ ތެރެއިން ފުރަތަމަ ރަކުޢަތުގައި ” قُلْ يَا أَيُّهَا الكَافِرُونَ ” އަދި ދެވަނަ ރަކުޢަތުގައި ” قُلْ هُوَ اللَّهُ أَحَدٌ ” އެވެ.”

މިޙަދީޘްތަކުގައި އައިސްފައިވާ ފަދައިން މި ދެ ސޫރަތް ފަތިސް ނަމާދާއި މަޣްރިބު ނަމާދުގެ ރަވާތިބު ސުންނަތުގައި ކިޔެވުމީ ގަދަވެގެންވާ ސުންނަތެއް (މުސްތަޙައްބު ކަމެއް) ކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ.

ބައްލަވާ: “المغني” (1/435) ، “مغني المحتاج” (1/464) ، “الفتاوى الفقهية الكبرى” (1/192) ، الموسوعة الفقهية (27/159) .

 

ދެވަނަ ކަމަކަށް:

މި ދެ ސޫރަތް ކިޔެވުމުގެ ޙިކްމަތަކީ، ފަހެ މި ދެ ސޫރަތުގައި ވެސް އެކުލެވިގެންވަނީ ތަވްޙީދުގެ ތިން ވައްތަރުކަމުގައިވުމެވެ.

އިޚްލާޞް ސޫރަތުގައި އެކުލެވިގެންވަނީ ތަވްޙީދުއް ރުބޫބިއްޔާއާއި ތައުޙީދުލް އަލްއަސްމާއު ވައްޞިފާތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އީ އެއްކައުވަންތަ އިލާހު ކަމާއި އެއިލާހަށް ދަރިކަލެއް ނުވަތަ ބަފައިކަލެއް ނުވަތަ މައިކަނބަލެއް އަދި އެއިލާހާ އެއްފަދަ އެހެންފަރާތެއް ލިބިގެން ނުވާކަން މިސޫރަތުން ޘާބިތުވެގެން ދެއެވެ. އަދި އެއީ “އައްޞަމަދު” ގެ ފުރިހަމަ ޞިފައިން ޞިފަލިބިވޮޑިގެންވާ، ހުރިހާ ފުރިހަމަ ޞިފަފުޅުތަކެއް ޖަމާވެގެންވާ އިލާހެވެ.

އަދި ކާފިރޫން ސޫރަތުގައި އެކުލެވިގެންވަނީ ތަވްޙީދުލް އުލޫހިއްޔާއެވެ. އެއީ ތައުޙީދުލް ޢިބާދަތެވެ. އަޅާ، ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެ ކަމާއި، އެއިލާހުގެ އަޅުކަމުގައި އެއްވެސް އެހެން ފަރާތެއް ބައިވެރި ނުކުރުން މި ސޫރަތުގައި އައިސްފައިވެއެވެ.

ފަހެ މިސަބަބުތަކަށްޓަކައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ދުވަސް ފައްޓަވަނީ މި ދެ ސޫރަތް، ފަތިސް ނަމާދުގެ އިހު ސުންނަތުގައި ކިޔަވާވިދާޅުވުމުންނެވެ. އަދި ދުވަސް ނިންމަވަނީވެސް މިދެ ސޫރަތް މަޣްރިބު ނަމާދު ސުންނަތުގައި ކިޔަވާވިދާޅުވަމުންނެވެ. އަދި އެކަލޭގެފާނު ރޭގަނޑުގެ ވިތުރީގައިވެސް މި ދެ ސޫރަތް ކިޔަވައި ވިދާޅުވާ ކަމުގައި ސުންނަތުގައި އައިސްފައިވެއެވެ. ދުވާލުގެ ޢަމަލުތައް ނިންމަވާލެއްވީ މި ދެ ސޫރަތުން ކަމުގައިވާ ފަދައިން ރޭގަނޑުގެ ޢަމަލުތައް ވެސް ނިންމަވާލައްވަނީ މި ދެ ސޫރަތުންނެވެ.” -އިބްނުލް ޤައްޔިމް ” “بدائع الفوائد”.” (1/145-146) .

 

މަރްޖިޢު

https://islamqa.info/ar/answers/85349

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add