Ad
ފުލުހުން އަތޮޅުތެރެއިން އަތުލައިގަތް މަސްތުވާތަކެތި. ފޮޓޯ: ޕޮލިސް މީޑިއާ
ފުލުހުން އަތޮޅުތެރެއިން އަތުލައިގަތް މަސްތުވާތަކެތި. ފޮޓޯ: ޕޮލިސް މީޑިއާ

މަސްތުވާތަކެއްޗާއިއެކު 4 މީހުން ހައްޔަރުކޮށްފި

މި އޮޕަރޭޝަން ހިންގީ އަތޮޅުތެރޭގައި

އަތޮޅުތެރެއިން މަސްތުވާތަކެއްޗާއިއެކު 4 މީހުން ހައްޔަރުކޮށް، މިމައްސަލަތައް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، މި 4 މީހުން ހައްޔަރުކުރީ، ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ބައެއް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި ކަމަށެވެ.

އަދި މި އޮޕަރޭޝަންތައް ހިންގީ، ރ. އަނގޮޅިތީމާއި، ށ. މިލަންދޫގެ އިތުރުން އައްޑޫ ސިޓީ ހުޅުމީދޫގައި ކަމަށެވެ.

ފުލުހުން ބުނީ، ސ. ހުޅުމީދޫގައި ހިންގި އޮޕަރޭޝަނަކީ ފޭދޫން ހުޅުމީދޫ ބަނދަރާ ގާތްކުރި ތެޔޮ ބޯޓެއްގައި މަސްތުވާތަކެތި ހުރިކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން  ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި އިންޓެލިޖެންސާއި ހުޅުމީދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން  މިއަދު ހިންގި މިއޮޕަރޭޝަންގައި ފުލުހުން އެ ބޯޓަށް އަރައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

އަދި ރ. އަނގޮޅިތީމުގައި އިއްޔެ އޮޕަރޭޝަނެއް ހިންގީ އެ އަތޮޅު ރަސްގެތީމުން އަނގޮޅިތީމަށް ބޮއްކުރައެއްގައި މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. މިގޮތުން އިންޓެލިޖެންސާއި އުނގޫފާރުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން އަނގޮޅިތީމުގައި ހިންގި އޮޕަރޭޝަންގައި 29 އަހަރުގެ ދިވެހި ދެ ފިރިހެނުންވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ، އެ ދެ މީހުން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި  އަށް ކަރުދާސްކޮޅު ފެނިފައިވާ ކަމަށެެވެ.

އަދި މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

މީގެއިތުރުން މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ، މާލެއިން މިލަންދުއަށް ދާ ބޯޓަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި، މިއޮޕަރޭޝަންގައި ދިވެހި 2 ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، 23 އަހަރުގެ މީހަކާއި، 34 އަހަރުގެ މީހަކެވެ.

ފުލުހުން ބުނީ، މިމަހުގެ 10 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި އެ ދޯނިން ބޭލި އެއްޗެއް ހިފައިގެން ދަނިކޮށް، އެ ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

އެގޮތުން 34 އަހަރުގެ މީހާއަށް 10 ދުވަސް ދީފައިވާއިރު، 23 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *