Ad

ޑިފެންޑަރު ގޮމޭޒްއަށް ވެސް އަނިޔާވެ ލިވަޕޫލަށް އިތުރު މައްސަލަތަކެއް!

ލިވަޕޫލަށް އަނިޔާގެ މައްސަލަތައް ބޮޑުވެފައިވަނިކޮށް ޑިފެންޑަރު ގޮމޭޒް އަށްވެސް އަނިޔާވެއްޖެއެވެ.

ގޮމޭޒަށް އަނިޔާވީ އިނގިރޭސި ގައުމީޓީމުގެ ކޭޕްގައި އެޓީމުގެ ފަރިތަކުރުންތަކުގައި ތެރެއިންނެވެ. އޭނާއަށް އަނިޔާވެފަވާކަން އިނގިރޭސި ގައުމީޓީމުން ވެސް ވަނީ ޔަގީންކޮށްދީފައެވެ. ގޮމޭޒްގެ ކަކުލަށް އަނިޔާވުމުގެ ސަބަބުން އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު ޤައުމީޓީމަށް ނަގާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ގޮމޭޒްއަށް އަނިޔާވެފައި މިވަނީ ލިވަޕޫލްގެ ޑިފެންޑަރުންނަށް އަނިޔާވެ އެޓީމަށް ހާސްކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ޓީމުގެ ފަހަތުގެ މައި ތަނބުގެ ގޮތުގައި ފާހަގަކުރެވިފައިވާ ނެދަލެންޑްސްގެ ވެންޑައިކަށް އަނިޔާވެ އޭނާއަށް ސީޒަން ނިމިފައިވާއިރު އެމަގާމަށް ގޮމޭޒް އާއެކު ކުޅުނު މިޑްފީލްޑަރު ފަބީނިއޯއަށްވެސް ވަނީ އަނިޔާވެފައެވެ. އަދި އެންމެ ފަހުން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗްގައި ޑިފެންޑަރު ޓްރެންޑް އެލެގްޒެންޑާ އާނޯލްޑަށްވެސް ވަނީ އަނިޔާވެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ގޮސްފައެވެ. މީގެއިތުރުން މިސީޒަންގައި ޓީމާ ގުޅުނު ތިއާގޯވެސް ހުރީ އަނިޔާގައެވެ. މި 5 ކުޅުންތެރިންނަކީ ލިވަޕޫލްގެ ފުރަތަމަ 11 ގައި ގަވާއިދުން ކުޅޭ ޓީމުގެ މުހިންމު ކުޅުންތެރިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *