Ad
ނ.މާއުގޫދޫ މިސްކތް ހުޅުވުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ނ.މާއުގޫދޫ މިސްކތް ހުޅުވުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ށ. ފުނަދޫއާއި ނ.މަގޫދޫގައި އަލަށް އިމާރާތްކުރި މިސްކިތް ހުޅުވައިފި

ށ.ފުނަދޫއާއި ނ.މަގޫދޫގައި އަލަށް އިމާރާތްކުރި މިސްކިތް އިއްޔެ ހުޅުވައިފިއެވެ.

މި ދެ މިސްކިތް ހުޅުވައިދެއްވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

ށ.ފނަދޫ މިސްކިތް ހުޅުވުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި ދެމިސްކިތުގެ ތެރެއިން ށ.ފުނަދޫގައި އިމާރާތްކުރި މިސްކިތަކީ، ސަރުކާރުގެ ބަޖެޓުން ޖުމްލަ 4.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރި މިސްކިތެކެވެ.

މި މިސްކިތުގެ މަސައްކަތް ކުރީ، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނެވެ. މަސްޖިދުލް ރިޟްވާންގެ ނަމުން ނަންދީފައިވާ މި މިސްކިތަކީ، 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގައި އިމާރާތް ކުރަން ފެށި، މި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާލީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

 

ނ.މަގޫދޫ މިސްކިތް ހުޅުވުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މީގެއިތުރުން ނ.މަގޫދޫގައި އިމާރާތްކުރި މިސްކިތަކީ، ސަރުކާރުގެ ބަޖެޓުން ޖުމްލަ 4.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރި މިސްކިތެކެވެ. މިމިސްކިތުގެ މަސައްކަތް ކުރިއަށް ގެންދިޔައީވެސް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނެވެ. މަސްޖިދުލް އިސްރާގެ ނަމުން ނަންދީފައިވާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު އިމާރާތްކުރަން ފެށި މި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާލީވެސް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގައި ކަމަށް އެމިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *