Advertisement
BML Home 2nd Ad

ރަމަޟާންމަސް އައުމުން ތަހުނިޔާ ކިޔުމަކީ ކޮންކަހަލ ކަމެއް؟

ސުވާލު: ރަމަޟާންމަސް ވަނުމުން (އެއްބަޔަކު އަނެއްބަޔަކަށް) ތަހުނިޔާކިޔުމަކީ ހުއްދަ ކަމެއްތޯއެވެ؟ ނޫނީ އެއީ ބިދުޢައެއް ތޯއެވެ؟

Advertisement
Etukuri Inside ad 300x300 Desktop

ޖަވާބު: ހުރިހާ ޙަމްދެއް ހުރީ ﷲ އަށެވެ.
ރަމަޟާންމަސް ވަނުމުން ތަހުނިޔާ ކިޔުމަކީ މައްސަލައެއް ނޫނެވެ. ރަމަޟާންމަސް އައުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާ ރޯދަމަހުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ބާރުއަޅުއްވާ އުޅުއްވިއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ، فِيهِ لَيْلَةٌ هِيَ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ )) [رواه النسائي 4/129 ، وهو في صحيح الترغيب 1/490 .]

މާނައީ: “ތިޔަބައިމީހުންގެ ގާތަށް ރަމަޟާން އަތުވައްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. ﷲ عَزَّ وَجَلَّ ތިޔަބައިމީހުންގެ މައްޗަށް އެމަހުގެ ރޯދަ ފަރުޟު ކުރެއްވިއެވެ. އެމަހުގައި އުޑުގެ ދޮރުކޮޅުތައް ހުޅުއްވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވެއެވެ. އަދި މާރިދު ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ. އެމަހުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑުވެގެންވާ ރެއެއް ވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ މަޙްރޫމުވެއްޖެއެވެ.”

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add