ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ފުރިޓަޔާ ކުރެއްވުމާ ގުޅިގެން ވަގުތީގޮތުން ފުލުހުންގެ ކޮމިޝަނަރ ކަމަށް ޑެޕިއުޓީ ކޮމިޝަނަރ ގެ މަގާމުގައި ހުންނެވި ފަރުހާދު ފިކުރީ އައްޔަނު ކޮސްފި އެވެ.
ވަގުތީގޮތުން ކޮމިޝަނަރ ގެ މަގާމަށް މީހަކު އައްޔަނުކުރަނީ ހޯމް މިނިސްޓަރ އެވެ. އެހެންކަމުން ހޯމް މިނިސްޓަރ އަލީ އިހްސާނު ވަނީ ކޮމިޝަނރ ގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ފުލުހުންގެ ޙިދުމަތުން ރިޓަޔަރ ކުރެއްވުމާ ގުޅިގެން ފުލުސް އޮފީހުގެ ވަގުތީ ކޮމިޝަނަރަކަށް ފަރުހާދު ފިކުރީ މިއަދު އައްޔަނުކުރައްވާފައެވެ.
ފުލުހުންގެ ގާނޫނގައި ބުނާގޮތުން ޕޮލިސް ކޮމިޝަނަރުކަމަށް ބޭފުޅަކު އައްޔަން ކުރެވޭނީ ހޯމް މިނިސްޓްރީން އެކަމަށް އާންމުކޮށް އިއުލާން ކުރުމަށް ފަހު އެވެ. އަދި ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ.




