Ad

ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރަށްރަށުގެ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓް ލުން ފަށައިފި

ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރަށްރަށުގެ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓް ލުން ފަށައިފިއެވެ.

މިއީ ސަރުކާރުގެ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގައި ފެށުމަށް ކޮންމެ ރަށެއްގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ހިންގާ ކޮމިޓީއެއް އެކުލަވާލަން ބާއްވާ އެ ކޯލިޝަންގެ އެތެރޭގެ އިންތިހާބެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެއެވެ.

މި އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަދު މެންދުރުފަހު 2:30 އިން އިރުއޮއްސި 6:00 ޖެހުމާ ހަމައަށެވެ.

މާލޭގައި އިންތިހާބުގެ ވޯޓްލުން ކުރިއަށް ދަނީ އިއްޒުއްދީން ސްކޫލްގައެވެ. ރަށްރަށުގައި ހުރި ޕީޕީއެމްގެ އޮފީސްތަކުގައި ވެސް ވޯޓް ލުން ކުރިއަށްދެއެވެ.

މި އިންތިހާބުގައި 1،000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވަދަކުރާކަމަށް މަޢުލޫމާތުލިބެއެވެ.

3،000 އަށް ވުރެ ކުދި އާބާދީގެ ރަށްތަކުގައި އެކުލަވާލަނީ ހަތް މެންބަރުންގެ ކޮމިޓީއެކެވެ. 3،000 އަށް ވުރެ ބޮޑު އަބާދީގެ ރަށްތަކުގައި އެކުލަވާލަނީ ނުވަ މެންބަރުންގެ ކޮމިޓީއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *