Ad
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން. ފޮޓޯ: ޕޮލިސް
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން. ފޮޓޯ: ޕޮލިސް

ފުލުހުންނަށް ހެދިގެން ގެސްޓްހައުސްއަކުން ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި

އިންޓެލިޖެންސް ފުލުހުންނަށް ވެގެން ގެސްޓްހައުސްއަކަށް ވަދެ އެތަނުން ބައެއް ތަކެތި ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިމައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހެނދުނުގެ ވަގުތެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިމައްސަލާގައި ހައްޔަރުކުރީ ޢުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މަޖީދީމަގު، ފަރިވާ ސްޓޭއަށް ބަޔަކު ވަދެ، އެމީހުންނަކީ ޕޮލިސް އިންޓެލިޖެންސްގެ ފުލުހުން ކަމަށްބުނެ، އެތާނުގެ 3 މުވައްޒަފުން ކްލިޕް އަޅުވާ ބަނދެފައިވަނީ، މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެެވެ. އަދި މުވައްޒަފުން ބަނުމަށްފަހު އެތަނުގެ ބައެއް ތަކެތި ވަނީ ފޭރިގެން ގެންގޮސްފައެވެ.

ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ މިމައްސަލަ އިތުރަށް ތަޙުޤީޤް ކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *