Ad
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން. ފޮޓޯ: ޕޮލިސް
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން. ފޮޓޯ: ޕޮލިސް

ޓެރަރިޒަމް ޙަމަލާގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގައި ޓެރަރިޒަމްގެ ޙަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެެވެ.

ފުލުހުން ބުނީ، ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ އަމަލާއަކާ ގުޅޭގޮތުން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކުރިޔަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 6 ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މި މީހުންގެ ބަންދާއިމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަޙްޤީޤް ކުރިއަށް ގެންދިޔުމަށް، 18 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް، އަދި ދެން ތިބި އެންމެންގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

މިމައްސަލާގައި މިހާތަނަށް ހައްޔަރުކުރި މީހުންނަކީ، އުމުރުން 18 އަހަރުގެ މީހަކާއި، 31 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހަކާއި، 29 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ.

ރާއްޖޭގައި ޓޭރަރިސްޓް ޙަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ދަނީ މާލެއާއި، މާލެ އަތޮޅު ކަނޑުމަތީގެ އިތުރުން ތ. ތިމަރަފުށީގައި އޮޕަރޭޝަނެއް ހިންގަމުންނެވެ. އަދި މިހާތަނަށް މި އޮޕަރޭޝަންގައި މާލެއިން އެކަކު، ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހުން އަދި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. ނަމަވެސް މިމީހުންގެ ވަނަވަރާއި މިޙަމަލާގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *