Ad
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

ރާއްޖެއިން މިއަދު ނެގި 1256 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 27 މީހުން: އެޗް.ޕީ.އޭ

ރާއްޖެއިން މިއަދު ނެގި 1،256 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 27 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗް.ޕީ.އޭއިން ބުނީ، މިއަދު 17 ދިވެހިން ޕޮޒިޓިވްވިއިރު، 10 ބިދޭސީން ޕޮޒިޓިވްވި ކަމަށެވެ.

އަދި ގްރޭޓަރ މާލެ ސަރަހައްދުން 24 ކޭސް ފެނުނުއިރު، ރަށްރަށުން ފެނުނީ 3 ކޭސް ކަމަށެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ އަދަދު 12،112 އަށް އަރާފައިވާއިރު، މިހާރު ބައްޔަށް ފަރުވާކުރަނީ 820 މީހުންނެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާކުރަނީ 52 މީހުންނެވެ.

ބައްޔަށް ފަރުވާކުރާ މީހުންގެ ތެރެއިން 9 ރަށެއްގައި 13 މީހުންނަށް ފަރުވާކުރާއިރު، 25 ރިސޯޓުގައި 55 ފަތުރުވެރިންނަށާއި 133 މުވައްޒަފުންނަށްވެސް ފަރުވާކުރަމުންދާ ކަމަށް އެޗް.ޕީ.އޭއިން މައުލޫމާތުދެއެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ތެރެއިން 11،244 މީހުން ބަލިން ރަގަޅުވެފައިވާއިރު، މި ބަލީގައި 41 މީހުންވަނީ މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *