ޓްރަމްޕުގެ ސިޔާސަތުގެ އަގު އަދާކުރަން ޖެހޭނީ އެމެރިކާ ސިފައިންނާއި އެމީހުންގެ އާއިލާތަކުން ކަމަށް އީރާންގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ވެރިޔާ އަލީ ލަރިޖާނީ މިއަދު ވިދާޅުވެއްޖެ އެވެ.
ހަނގުރާމައާއި ގުޅިގެން އިރާނުން އެމެރިކާއަށް މަޝްވަރާއަށް އެދެމުންދާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވާ ވާހަކަ ދޮގުކުރައްވައި އީރާންގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ވެރިޔާ އަލީ ލަރިޖާނީ ވިދާޅުވީ މުޅި ސަރަހައްދު ހަމަނުޖެހުމުގެ ތެރެއަށް ގޮސްފައިވަނީ ޓްރަމްޕުގެ މޮޔަ، ހިޔާލީ ވިސްނުމުގެ ސަބަބުން ކަމަށާއި، އެމެރިކާ ފަސްޓް ކަމަށް ޓްރަމްޕު ވިދާޅުވި ނަމަވެސް ޓްރަމްޕުގެ ސިޔާސަތަކީ އިސްރާއީލް ފަސްޓް ކަމަށެވެ.
އަދި އިރާނުން އެމެރިކާގެ ކިބައިން މަޝްވަރާއަށް ނޭދޭނެ ކަމަށާއި، އީރާނުން ދިފާއު ކުރިއަށް ގެންދާނެ ކަމަށާއި ޓްރަމްޕުގެ ސިޔާސަތުގެ އަގު އަދާކުރަން ޖެހޭނީ އެމެރިކާ ސިފައިންނާއި އެ މީހުންގެ އާއިލާތަކުން ކަމަށެވެ.




