Ad
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..

ކޮވިޑު-19: އައިސީޔޫގައި ފަރުވާދެމުންދިޔަ ދިވެއްސަކު މަރުވެއްޖެ

ރާއްޖެއިން ކޮވިޑް 19 ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު މިއަދު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، މިއަދު މިބަލީގައި މަރުވި މީހަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ މީހެއް ކަމަށެވެ. އަދި މިމީހާ މަރުވީ މިއަދު މެންދުރު 2:24 އެހާކަށްހާއިރު ކަމަށާއި، މަރުވި މީހަކީ އުމުރުން 57 އަހަރުގެ ފިރިހެނެއް ކަމަށްވެސް އެޗް.ޕީ.އޭއިން މައުލޫމާތުދެއެވެ.

މިމީހާއާއިއެކު ރާއްޖެއިން ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދުވަނީ 42 އަށް އަރާފައެވެ.

މިހާތަނަށް މިބަލީގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ، 34 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ އަދަދު 12،112 އަށް އަރާފައިވާއިރު، މިހާރު ބައްޔަށް ފަރުވާދެނީ 820 މީހުންނަށެވެ. މިމީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާކުރަނީ 52 މީހުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *