Ad

ސްރީލަންކާ ކަސްޓަމްސްއިން ހިފެހެއްޓި މަހުގެ ޝިޕްމަންޓް އެގައުމަށް އެތެރެކޮށްފި

ސްރީލަންކާ ސަރުކާރުން އެގައުމަށް މަސް އެތެރެކުރުމުގެ ސިޔާސަތުތަކަށް ގެނައި ބަދަލާއި އެކު ސްރީލަންކާގެ ކަސްޓަމްސްއިން ހިފެހެއްޓި މަހުގެ ޝިޕްމަންޓް އެ ގައުމަށް އެތެރެކޮށްފި އެވެ.

މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރަމުން ފޮރިން މިނިސްޓްރީން ބުނީ، ލަންކާ ސަރުކާރުން އެގައުމަށް މަސް އެތެރެކުރުމުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ލަންކާއަށް އެތެރެ ނުކުރެވި، ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓް ލަންކާއަށް އެތެރެކޮށްފައިވާކަމަށެވެ.

އަދި، ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓްތައް އެގައުމަށް އެތެރެކުރެވިފައި ވަނީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި ސްރީލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރ، ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ކުރެއްވި މަޝްވަރާތަކަށް ފަހުގައި ކަމަށެވެ. ރާއްޖޭގެ މަހުގެ އުފެއްދުންތައް، ލަންކާ ސަރުކާރުން ކުރިންވެސް ދީފައިވާ ޔަޤީންކަމާ އެއްގޮތަށް ލަންކާއަށް އެތެރެކުރެވޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ލަންކާ ސަރުކާރާއެކު މިނިސްޓަރ ޝާހިދު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ހާރިޖީ ވުޒާރާއިން ބުނެއެވެ.

މިހާރު ވެސް ލަންކާގައި ވަނީ އެ ގައުމަށް އެތެރެކުރާ މުދާ ކޮންޓްރޯލްކޮށް، މަސްވެރިންނާއި ދަނޑުވެރިންގެ ވިޔަފާރިތައް ހިމާޔަތްކުރުމަށް ފިޔަވަޅުތައް އަޅާފަ އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *