އިރާގުގައި ހުރި ޔޫއޭއީ ގެ ކޮންސިއުލޭޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުއްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން އެކަން ކުއްވެރި ކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިރާގުގެ ކުރުދީން އުޅޭ ސަރަޙައްދުގައި ހުންނަ އެކުވެރި ޢަރަބި އިމާރާތުގެ ކޮންސިއުލޭޓަށް ދެވުނު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ޤައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްއާ ޚީލާފު ކަމެއް ކަމަށެވެ.
އަދި އެ ހަމަލާއަކީ ބައިނަލްއަޤްވާމީ ޑިޕްލޮމެޓިކް އުސޫލުތަކަށް ހުރަސްއެޅޭ ނުރައްކާތެރި އަމަލެއް ކަމަށާއި، ޤައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތައް ހިމާޔަތް ކުރުން މުހިންމުކަންދިވެހި ސަރުކާރުގެ ބަޔާޏުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ، ޔޫއޭއީ ސަރުކާރާއި ރައްޔިތުންނާއި އެކުގައި ކަމަށް ދިވެހި ޚާރިޖީއްޔާގެ ބަޔާނުގައި ވިދާޅުވިއެވެ.




