އިރާނުގެ ފަރާތުން އެމެރިކާއަށް ނުރައްކަލެއް ނެތްކަމަށާއި، އިރާނާ ދެކޮޅަށް އެމެރިކާއިން ހަނގުރާމަކުރަނީ އިޒްރޭލުގެ ލޮބީ ގުރޫޕުތަކުގެ ނުފޫޒުގެ ސަބަބުންކަމަށް ބުނެ އެމެރިކާގެ ނޭޝަނަލް ކައުންޓަ-ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖޯސެފް ކެންޓް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެމެރިކާގެ ނޭޝަނަލް ކައުންޓަ-ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖޯސެފް ކެންޓް މަގާމުން އިސްތިއުފާދެއްވައި ރައީސް ޑޮނާލްޑް ޓްރަމްޕް އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އިރާނުގެ ފަރާތުން އެމެރިކާއަށް އެހާބޮޑު ކުއްލި ނުރައްކަލެއް ކުރިމަތިވެފައި ނުވާކަމަށާއި، އެމެރިކާއިން އިރާނާ ދެކޮޅަށް ހަނގުރާމަކުރަނީ އެމެރިކާގައި އޮންނަ އިސްރާއީލްގެ ނުފޫޒްގަދަ ލޮބީ ގުރޫޕްތަކުގެ ފިއްތުން ތަކުގެ ސަބަބުން ކަމަށެވެ.
އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެސް މީގެ ކުރިން ވިދާޅުވަމުން ގެންދެވީ މެދުއިރުމަތީގައި އެމެރިކާއިން މީގެ ކުރިން ކޮށްފައިވާ ހަނގުރާމަތަކަކީ އެމެރިކާގެ އެތައް ބައެއް މަރުވެ ގައުމުގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރާ ކަމެއްކަމަށެވެ. އަދި އޭގެ ބަދަލުގައި ޓްރަމްޕް ގެ ސިޔާތަސަކީ އެމެރިކާ ފަސްޓް ކަމަށް ވިދާޅުވަމުންގެދެވި ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް ޑިރެކްޓަރު ޖޯސެފް ކެންޓް ގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ އިޒްރޭލުގެ އިސް އޮފިޝަލުންނާއި އެމެރިކާގެ މީޑިއާތަކުން ފެތުރި ދޮގު މައުލޫމާތުތަކެއްގެ ސަބަބުން، ޓްރަމްޕްގެ އެމެރިކާ ފަސްޓް ސިޔާސަތު މިހާރު ބަދަލުވެފައިވާ ކަމަށެވެ.
އެހެންކަމުން އެމެރިކާގެ ރައްޔިތުންނާ ގުޅުންނެތްކަމެއްގައި އަދި އެމެރިކާ ސިފައިން ހަނގުރާމައަށް ނެރެ މަރާ ކުރިމަތިލާން ޖެއްސުމަކީ އޭނާ އެއްގޮތަކަށްވެސް ގަބޫލުކުރާ ކަމެއް ނޫންކަމަށްވެސް އޭނާގެ ސީޓީގައި ބުނެފައި ވެއެވެ.
ރެކްޓަރު ޖޯސެފް ކެންޓް އަކީ އެމެރިކާގެ ކުރީގެ ސްޕެޝަލް ފޯސަސް ގައި މަސައްކަތްކޮސްފައިވާ އަދި ގިނަ ހަނގުރާމަތަކެއްގައި ބައިވެރިވެފައިވާ ފަރާތެކެވެ.




