ތ.އަތޮޅާ މާލެއާ ދެމެދު ދަތުރުކުރާ “މަހުމާ އެކްސްޕްރެސް” އެކްސިޑެންޓްވެ ބަޔަކަށް އަނިޔާ ވެއްޖެެ

ތ.އަތޮޅާ މާލެއާ ދެމެދު ދަތުރުކުރާ “މަހުމާ އެކްސްޕްރެސް” އެކްސިޑެންޓްވެ ބަޔަކަށް އަނިޔާ ވެއްޖެެއެވެ.

މިހާދިސާގައި އަނިޔާވީ ކިތައް މީހުންނަށް ކަމާ އެމީހުންނަށް ވީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މީގެ އިރުކޮޅެއް ކުރިން ހިނގި މިހާދިސާ ހިނގީ ތ.އަތޮޅުން މާލެއައިސް މީހުން ހުސްކުރުމަށްފަހު ޕެޓްރޯލް އަޅަން ދަނިކޮށް މާލޭ ކަސްޓަމްސް ސަރަހައްދުން ޓަގްބޯޓެއްގައި ޖެހިގެންނެވެ. މިހާދިސާ ހިނގިއިރު ލޯންޗްގައި ތިބީ ކެޕްޓަންއާއި ފަޅުވެެރިން އެކަންޏެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މަހުމާ އެކްޕްރެސްއަކީ ތ.އަތޮޅާ މާލެއާ ދެމެދު ދަތުރުކާ ދ. މީދޫ ލޯންޗެކެވެ.
ތަފްސީލް އަންނަނީ…

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *