Ad

އެސްޑީއެފްސީން އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަންތައް ބަލައިގަތުމަށް ނިންމައިފި

އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އީމެއިލް އަދި ކައުންޓަރުން ބަލައިގަންނަމުންދިޔަ ލޯނު އެޕްލިކޭޝަންތައް އޮންލައިން ޕޯޓަލް މެދުވެދުވެރިކޮށް ބަލައިގަތުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެ ކޯޕަރޭޝަނުން ބުނީ 8 ނޮވެމްބަރުން ފެށިގެން ކައުންޓަރުންނާއި، އީމެއިލް މެދުވެރިކޮށް ހުށަހަޅާ ލޯނު އެޕްލިކޭޝަން ފޯމް ބަލައިގަތުން ހުއްޓާލާފައި ކަމަށެވެ.

އެސްޑީއެފްސީއިން އިތުރަށް ބުނީ އެ ކޯޕަރޭޝަނުގެ ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނު އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި އީފާސް އެކައުންޓެއް ބޭނުންވާނެ ކަމަށެވެ.

އީފާސްއަކީ ސަރުކާރު މުއައްސަސާތަކުން އޮންލައިން ހިދުމަތް ހޯދުމަށް ބޭނުންކުރާ އެކައުންޓެކެވެ. މި އެކައުންޓް ހުޅުވުމަށް އައިޑީ ކާޑުގެ ތަފްސީލު، މޯބައިލް ނަމްބަރު އަދި އީމެއިލް އެޑްރެސް ބޭނުންވާނެއެވެ. އީފާސްގެ ޒަރިއްޔާއިން ލޯނު އެޕްލިކޭޝަން ކުރިޔަށްދާ ގޮތުގެ ސްޓޭޓަސް ޗެކް ކުރެވޭނެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން އެސްޑީއެފްސީއިން ދޫކުރާ ލޯނުތަކަކީ ކުޑަ އިންޓްރަސްޓް ރޭޓެއްގައި، ދިގުމުއްދަތަކަށް ބަހާލައިގެން ދައްކަން ޖެހޭ ލޯނުތަކެކެވެ. އެގޮތުން މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އަމިއްލަ ވިޔަފާރިތަކަށް ހާއްސަ ލޯނުތަކެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *